ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެމްބަރުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް!

ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރާ މައްސަލައިގެ ތެރެއަށް އޭސީސީ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ހުށައެޅި ހުށައެޅުމަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ނިންމައިފިއެވެ.

ކޮމެޓީ މެމްބަރުންގެ މެދުގައި މިއަދު ކުރެވުނު މަޝްވަރާތަކަށްފަހު ނިންމީ ލިޔުމުން ޖަވާބުދާރީވުމަސް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.  ކޮމެޓީގައި ފުރަތަމަ ހުށައެޅުއްވީ ލިޔުމުން ނުވަތަ ހާޒިރުވެގެންވިޔަސް ނުވަތަ އޮންލައިންކޮށްވިޔަސް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށެވެ. މުގައްރިރު ރޮޒެއިނާ އާދަމް ފާހަގަކުރެއްވި ގޮތުގައި ވަކިގޮތަކަށް ޖަވާބުދާރީވުމަށް ގާނޫނުގައިވެސް އަދި މަޖިލީހުގެ ގަވާއިދުގައިވެސް ފާހަގަކޮށްފައި ނެތެވެ. އެހެންނަމަވެސް އެހުށައެޅުން ހުށައަޅައިި ވޯޓަށް އަހާފައިވެއެވެ. އެހުށައެޅުން ފާސްވާ އަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ.

ގަމު ދާއިރާގެ މެމްބަރު އަހުމަދު ވިސާމް ހުށައެޅުއްވީ ފަސް ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދާރީވުމަށެވެ. އެހުށައެޅުން ފާސްވީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޚާއްސަ ޖަލްސާގައި އޭސީސީގެ މެމްބަރުން ވަކިކުރުމަށް ހުށައަޅުއްވާފައިވާ މައްސަލަ ވަނީ އިއުލާންކޮށްފައެވެ. އަދި އެއަށްފަހު މައްސަލަ ވަނީ ކޮމެޓީއަށް ފޮނުވާފައެވެ. ކޮމެޓީއިން މައްސަލަ ބެލުމަށްފަހު ކޮމެޓީ ރިޕޯޓު އެކުލަވާލާނެއެވެ. އަދި އެރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެއްވޭނެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްއިން ވަނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. އަދި ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައި މިހާރު އެމައްސަލަ ވަނީ ކުރިއަށްގެންދަން ފަށާފައެވެ.

އިދިކޮޅުން ފާހަގަކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ނިމި، ޗުއްޓިއަށް ގޮސްފައިވަނިކޮށް، ދައުރުން ބޭރުން ޖަލްސާއެއް ބާއްވުމަކީ ސަރުކާރުން ހިންގާ ޖަރީމާއެކެވެ. އެއީ ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށްކަން ފާހަގަކޮށް އެ މެމްބަރުން ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ގޮތަށް ބާއްވާ ޖަލްސާއަކަށް ވުމުންކަމަށްވެސް ބުނެފައިވެއެވެ. އިދިކޮޅުން ބުނި ގޮތުގައި ޕީޕީއެމްގެ މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން، މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާއި މުޅިން ހިލާފު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: