ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ފޭދޫ އަވަށުގެ މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އައްޑޫ ސީޓީގެ މޭޔަރު އަލީ ނިޒާރުު ވިދާޅުވީ ބޮޑު ކަމުގޮސްފައިވަނީ ފޭދޫގެ މިސްކިތަކަަށް ކަމަށެވެ. އަދި އެކަން އެނގުނީ މިއަދު ފަތިހު ކަމަށެވެ. މީގެ އިތުރުން ފޭދޫގެ އެހެން މިސްކިތެއްގެެ ތަކެއްޗަށް ގެއްލުންދީ ހަތިމްތައް ބިންމައްޗަށް އުކާލައިފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިކަން ކުރިކަމަށް ބޮޑަށް ބެލެވެނީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: