ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލިޕީންސްގަ ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައ / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްގެ ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވީ ނަމަވެސް، ފިލިޕީންސްގަ ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްގެ ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ ހުރިހާ ދަރިވަރުންގެވެސް ހާލު ރަނގަޅު ކަމަށެވެ. މި ތޫފާންގެ ސަބަބުން ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ.

ފިލިޕީންސްގައި ތިބި ބައެއް ދަރިވަރުންނާއި ނުގުޅޭތީ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިވަގުތު ފިލިޕީންސްގައި މަތީ ތައުލީމު ހާސިލު ކުރަމުންދާ ދިވެހިންގެ ތެރޭގައި ޕައިލެޓް ތަމްރީނު ފުރިހަމަ ކުރާ ދަރިވަރުންނާއި، އައިޓީ ދާއިރާގެ ދަރިވަރުން، އަދި މެޑިސިން އާއި އިންޖީނިއަރިން ފުރިހަމަ ކުރާ ދަރިވަރުން ހިމެނެ އެވެ. އާއިލާގެ ކަންބޮޑުވުންތަކަށް ފޮރިން މިނިސްޓްރީން ބުނީ، ދަރިވަރުންގެ ހާލު ގާތުން ބަލަމުން ދާ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭއިރު ބައެއް ދަރިވަރުންނަށް ގުޅޭ ގޮތް ވެފައި ނުވަނީ ނެޓްވޯކުގައި ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

މިތޫފާނުގެ ސަބަބުން، އެގައުމުގެ އެކި ސަރަހައްދުތަކުން ބިންގަނޑު ކަނޑަައިގެން ގޮސްފައިވާ ކަމަށް ފިލިޕީންސްގެ މޫސުމާއި ބެހޭ ބިއުރޯ، ޕަގާސާއިން ވަނީ ބުނެފައެވެ. ޕަގާސާ އިން ބުނެފައިވަނީ، މި ތޫފާންގެ ސަބަބުން ވައިގެ ބާރުމިން 195 ކިލޯމީޓަރު (ގަޑިއަކު 121 މޭލު) އަށް ބާރުވެފައިވާ ކަމަށެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 240 ކިލޯމީޓަރު/h (149 މޭލު) ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މީގެއިތުރުން، އެގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ލަފާކޮށް ގިނަ ސަރަހައްދުތަކަކަށް އެންޑީއާރްއެމްސީން ވަނީ އިންޒާރު ދީފައެވެ. އޭގެތެރޭގައި، މިސާމިސް އޮރިއެންޓަލް، ލާނާއޯ ޑެލް ނޯރޓޭ އަދި ޒަމްބޯންގާ ޑެލް ނޯރޓޭ ޕްރޮވިންސް ހިމެނެއެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން ވަނީ ތޫފާން ރާއީ އަކީ “ސުޕަ ޓައިފޫން” އެއް ކަމަށް ކަނޑައަޅާފައެވެ. މިއީ މި އަހަރު އެ ގައުމަށް އެރި 15 ވަނަ ތޫފާނެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން 100،000 އެއްހާ މީހުން މިހާރު ވަނީ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

އެހެންކަމުން، ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނީ، ތޫފާނާއި ގުޅިގެން ކުއްލި ހާލަތަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ޕްރޮޓޮކޯލްގައި އެ ގައުމުގެ ސަރަހައްދެއް އެންމެ މަތީ ފަންތީގައި ބަހައްޓާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: