ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ އެއްވެސް އަސްކަރީއްޔާ އަކުން ރާއްޖޭގައި ތިބުމަކީ އެދެވޭ ކަމެއްނޫން: ނާޒިމް

އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އާއި ކުރީގެ ރައީސް ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ އެއްވެސް އަޝްކަރީއްޔާއަކުން ރާއްޖޭގައި ތިބުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން އެދޭކަމެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައަދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ރައީސް ވިދާޅުވީ، މީހާރު ފެށިގެން މިއުޅޭ އިންޑިއާ އައުޓް ކެންޕެއިނަކީ ވަރަށް ތަފާތު ކެންޕެއިނެއް ކަމަށާއި މި ކެންޕެއިނަަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ކޮށްފައިވާ ކަންކަން ފޮރުވައި މަތިއެޅުމަށްޓަކާ ކުރިއަށް ގެންދާ ކެންޕެއިނެއް ކަމަށެވެ. އަދި މިއީ ގައުމީ ކެންޕެއިނެއް ނޫންކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.

“އެމްއެންޕީން ގަބޫލެއް ނުކުރަން މީ ގައުމީ ކެންޕެއިނެއް ކަން. އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ދިވެހި ރައްޔިތުންނަށް މީގައި ބައިވެރި ނުވަން. އެއީ ގައުމަކާ ދޭތެރޭ އެގޮތަށް ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަދަކު ރައީސުލް ޖުމްހޫރިއްޔާ ކަންކުރައްވާފަ ހުރި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެގޮތަށް ހުންނަވާމެ ކަން. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން” ނާޒިމް ވިދާޅުވިއެވެ.

މިގައުމަށް ލިބޭނެ ނިކަމެތިކަން ރައްޔިތުންނަށް ތަސައްވަރު ނުކުރެވޭ ކަމަށްބުނެ ނާޒިމް ވިދާޅުވެފައި ވަނީ ރައްޔިތުން މިކަން ދެނެގަންނަން ޖެހޭކަނަށެވެ. އަދި މުޖުތަމައު އުލެންޖެހޭނީ ބަވަނަކުރި ޒަމާނެއްގައި ހުރިހާ މީހުންނާއި އެކީގައި ކަމަށާއި ވަކި އަމިއްލަ ފަރުދެއް ނުވަތަ އަމިއްލަ ކަމެއް އިސްކޮށްގެން ކަަންކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ، ކޯލިޝަނަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށެވެ. ނަމަވެސް ކަންދިމާވާ ގޮތުން ކޮންމެ ފަހަރަކުވެސް ކޯލިޝަން ހަދައިގެން ކަންކަން ކުރިއަށް ގުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ވިސްމުނަކީ މާތްﷲ ގެ އިރާދަފޫލާއި އެކީ 2023 ވަނަ އަހަރު އަޅުގަނޑުމެން ނެރޭ ކެންޑިޑޭޓް ކޯލިޝަނަކާ ނުލަ ކާމިޔާބު ކުރުން. އެއީ އަޅުގަނޑުމެންގެ އުމްމީދަކީ. އިރާދަކުރެއވިއްޔާ އަޅުގަނޑުމެންނަށް މިހާރު މި ފެންނަ މަންޒަރަށް ބަލާ އިރުގަ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އިރާދަ ކުރެއވިއްޔާ އަޅުގަނޑުމެން ނިކުންނާނަން. މިކަން ކާމިޔާބު ކުރުމަށްޓަކާއި ކާމިޔާބުކުރާނަން” ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: