ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން ދެން އަމާޒު ހިފަންވީ ބޮޑެތި ބިޔަ މަޝްރޫއުތަކަށް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޮޑެތި މަޝްރޫއުތަކަށް އަމާޒުހިފައި، ބްރިޖުތައް އެޅުމުގެ ވިސްނުމަށް މަސައްކަތް ކުރުން މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުއްޖެ އެވެ.

މިދިޔަ އަހަރާއި ކުރިޔަށް މިދާ އަހަރަކީ އެމްޓީސީސީގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ގިނަ މަޝްރޫތަކާއި ކާމިޔާބީތަކެއް ހޯދި އަހަރުކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ލާމަރުކަޒީ ތަރައްގީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމުކޮށް، ކޮންމެ ކަމެއްގައި މާލެއަށް ަންނަ ނުޖެހި އެމީހަކު އެ ދިރިއުޅޭ ރަށަކުން އަސާސީ ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، މިއަދު އެމްޓީސީސީއަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކުންފުންޏެއް ކަމަށެވެ.

ހައި ސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީ އާއި ބޮޑު މަޝްރޫއުއެއް ހަވާލުކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ހިދުމަތް ފެށުމަށް، އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށެވެ. މިފަދަ މަޝްރޫއުތަކާއި އެކު ވަޒީފާގެ އިތުރު ފުރުސަތުތަކެއް އުފެދިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީން ހުނަރު އާލާކޮށް، ވަޒީފާތަކަށް ޒުވާނުން ވެއްދުމަށްޓަކައި ކުރިޔަށް ގެންދާ ތަމްރީނު ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަމަށެވެ.

ކޮވިޑު-19 ގެ ތެރޭގައި އެމްޓީސީސީގެ އެއްވެސް މަޝްރޫއެއް ހުއްޓުމެއް ނެތި ކުރިޔަށް ދިއުމަކީ އެއީ ތައުރީފު ހައްގު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ކުންފުނީގެ ހިދުމަތްތައް ފުޅާވެ، ކުންފުނީގެ ދުވެލި އިތުރަށް ހަލުވިވެގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ. އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑަށް ބޮޑެތި ބަދަލުތަކެއް އައިސް މަސައްކަތުގެ ކޮލިޓީ ރަނގަޅުވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީއަކީ މިވަގުތު ބޭރުގެ މަޝްރޫއުތައް ވެސް ކާމިޔާބު ކުރުމުގެ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އެ އިޝާރާތް ކުރެއްވީ އެމްޓީސީސީން ބޮޑެތި މަޝްރޫއުތަކަށް އަމާޒުހިފައި، ބްރިޖުތަކާއި ފާލަންތަކުން ރަށްތައް ގުޅުވާލުމުގެ މަޝްރޫއުތަކަށެވެ. އެ މަސައްކަތްތައް ކުންފުނިން އަމާޒުހިފާއިރު، މަޝްރޫއުތަކަށް ބޭނުންވާނެ ކޮންސަލްޓެންސީ އާއި، ހިއުމަން ރިސޯސް އަދި ޓެކްނޮކޮޖީއަށް ހާއްސަ އިސްކަމެއް ދިނުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުންފުނީގެ ހަކަތަށް އިތުރު ކުރެވޭނެކަމަށާއި، ދިވެހިންނަކީ ކާމިޔާބީއަށް ގަދައަޅައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެމްޓީސީސީއަކީ އަސާސީ ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް އިސްރޯލެއް އަދާ ކުރާ ކުންފުންޏަކަށްވާއިރު މިއީ ހަމައެކަނި އިމާރާތް ކުރުމާއި ދަތުރުފަތުރު ކުރުން އަދި އިންޖީނު ވިއްކާ ކުންފުންޏެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި މިއަދު ކުންފުނި ކޮންމެ ރައްޔިތަކު ވެސް ބަލައިގަންނާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިއީ ވެރިރަށް މާލެ ސިޓީ އާއި ރާއްޖޭގެ ރަށްތަކުގެ މެދުގައި ހުރި އަސާސީ ހިދުމަތުގެ ފަރަގުތައް ނައްތާލުމުގެ މުހިންމު ފާލަމެއްކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ލާމަރުކަޒުގެ ސިޔާސަތަށްވާއިރު، ރާއްޖޭގެ ރަށްތަކަށް ކުރިއެރުންތައް ގެނެސްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: