ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެއިލް ނުވެ، ހުރިހާ ޕްރޮޖެކްޓްތައް އެމްޑަބްލިއުއެސްސީން ނިންމާނެ: ޝާހު

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގައި ފެއިލް ނުވެ، ހުރިހާ ޕްރޮޖެކްޓްތަކެއް ނިންމާނެކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ “ސަރުކާރު” ޕްރޮގްރާމުގައި ޝާހު ވިދާޅުވީ ކޮވިޑު 19 ގެ ދަތި އުނދަގޫ ދުވަސްވަރުގައި ވެސް އެކުންފުނީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއި ގާތް ގުޅުމެއް ގާއިމުކުރުުމާއި އެކު ޕްރޮޖެކްޓްތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށް ޝާހު ވިދާޅުވި އެވެ.

“އެކުވެރި އެމްޑަބްލިއުއެސްސީ” ޝިއާރުގެ ދަށުން ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވައި ކުންފުނިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތަފްސީލު ހިއްސާ ކުރެވޭކަމަށް ޝާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރެވޭ އިރު، ހިއްސާކުރެވެނީ އެންމެ ތަފްސީލީ މައުލޫމާތުތަކެވެ.

އެގޮތުން ނަރުދަމާ އެޅުމުގެ ނުވަތަ ފެން ހޮޅި އެޅުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތުގެ ތެރެއިން އަޅަނީ ކޮން ވައްތަރެއްގެ ހޮޅިއެއްކަމާއި، މަޝްރޫއު ހިންގުމަށް ކުންފުންޏާއި ހަވާލު ކުރެވުނު ތާރީހުގެ އިތުރުން ނިމޭނެ ތާރީހު ވެސް ރައްޔިތުންނާއި ހިއްސާ ކުރެވޭކަމަށް ޝާހު ވިދާޅުވިއެވެ. ހަމައެއާއިއެކު ޕްރޮޖެކްޓް ނިމެމުންދާ ވަރަކަށް، ރައްޔިތުންނަށް އެކަމުގެ ފަހުގެ މައުލޫމާތު ދިނުމުގެ އިތުރުން، ނިންމާލެވޭ މަސައްކަތްތައް އިފްތިތާހު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހު ފާހަގަކުރެއްވި ގޮތުގައި އެމްޑަބްލިއުއެސްސީން ޕްލޭނިންގް މިނިސްޓްރީއާއި ގުޅިގެން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށެވެ. 2022 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމަން ސަރުކާރުން ހަވާލުކޮށްފައިވާ އިރު، ހަމަ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަރުދަމާގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ ސަރުކާރުން ކުންފުންޏަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅު ގޮތުގައި ރައްޔިތުންނަށް ލިބެންޖެހޭ މި ހިދުމަތްތައް ދިނިމުގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: