ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ބައެއް ފްލެޓުތަކަށް ބިލު ނުކުރަނީ މީޓަރުތަކުގައި މައްސަލަ ހުރުމުން: ޝާހު

އެމް.ޑަބްލިޔު.އެސް.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ / ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުގައި ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަކީ އިންސާފުވެެރި ގޮތް ނޫންކަމަށް ވުމާއިއެކު ބިލް ނުކުރަނީކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ގެ “ސަރުކާރު” ގައި ވާހަކަ ދައްކަމުން ޝާހު ވިދާޅުވީ ފްލެޓުތަކުގައި އަޅުވާފައި ހުރި މީޓަރުތަކުގެ ހުރި މައްސަލަތަކުގެ ސަބަބުން، ބައެއް ފްލެޓުތަކުން ފެންމް ބިލް ނުކުރަނީ އެއީ އެންމެ އިންސާފުވެރި ގޮތަށް ނުވާތީ ކަމަށެވެ. އެހެންވެ ފުރަތަމަ މަސައްކަތް ކުރަމުން ދަނީ ދިމާވާ މައްސަލަތައް ހައްލު ކުރުމަށްކަމަށް ޝާހު ވިދާޅުވި އެވެ.

އެގޮތުން 236 ހައުސިން ޔުނިޓެއްގެ މީޓަރުގައި މައްސަލަހުރި ކަމަށް ފާހަގަަކުރެވިފައިވާ އިރު ހައުސިން ޔުނިޓުގެ މީޓަރުތަކަކީ، ފޮލްޓީ މީޓަރުތައް ކަމަށް ފާހަގަކުރެވިފައިވާ ޝާހު ވިދާޅުވިއެވެ. ފޮލްޓީ މީޓަރު ތަކުގެ އިތުރުން ބައެއް މީޓަރު ތަކަކީ ކޮމޮން ސީރިއަލް ނަމްބަރުތަކެއް ހުރި ޔުނިޓުތަކަށް ވެފައި، ފްލެޓުތަކުގައި ހަރުކުރެވިފައިވާ ބައެއް މީޓަރުތަކުން ލީކު ވާކަމަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

7000 ހައުސިންގ ޔުނިޓު ގާއިމުކުރެވިފައިވާ އިރު މިއީ ހައްލުކުރަން ޖެހޭ މައްސަލައެއްގެ ގޮތުގައި ޝާހު ފާހަގަ ކުރެއްވި އެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތަކަށް ވީ އިރު، އެއްވެސް ބައެއްގެ ބޮލުގައި އިލްޒާމު ނާޅުވާ ކަންތައް ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާހު ފާހަގަކުރެއްވި ގޮތުގައި އެމްޑަބްލިއުއެސްސީ އަކީ ގްރޭޓަރ މާލެ އޭރިއާގައި އޮތް ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ އެންމެ މައި ކުންފުންޏަށް ވުމާއި އެކު ސަރުކާރުން އޭރުވެސް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުންފުންޏާއި ހަވާލު ކުރި ނަމަ މިފަދައިން ކަންތައް ދިމާ ނުވީހެވެ.

ހަމައެއާއިއެކު އެތަނުގައި އަޅާފައިވާ ހޮޅިތަކަކީ އާއްމުކޮށް ބެނުންކުރާ ހޮޅިތަކަށް ނުވުމުން، މިފަދަ މައްސަލަތަކެއް ދިމާވެދާނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީ ގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ހުރަހެއް ނެތި، އެއް މުއައްސަސާ އަނެއް މުއައްސަސާގެ ބޮލުގައި އިލްޒާމް ނޭޅޭ ގޮތަށް މަސައްކަތްކުރުން ކަމަށެވެ. އެހެންކަމުން އެޗްޑީސީ އަކީ ހިޔާގެ ބެލެނިވެރިފަރާތައް ވުމާއި އެކު، އެޗްޑީސީ އާއި އެކު މަޝްވަރާ ކުރުމަށް ފަހު ރައީސް އޮފީހަށް ސިތީ ފޮނުވާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގައި މީޓަރުތަކަށް ހައްލު ގެނައުމާއި އެކު އިންސާފުވެރިގޮތަކަށް ބިލް ކުރެވުމަށް އެމްޑަބްލިއުއެސްސީން ގިނަ މަޝްވަރާތަކެއް ކޮށް މަސައްކަތް ކުރަމުންދާ ކަމަށް ޝާހު ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: