ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

215 ކިލޯގެ މައްސަަލައިގައި ދެ މީހަކަށް ދައުވާކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް 215 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ރ. މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލް ހާރިސް 33، އެވެ. މި މީހުން މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މިދިޔަ އޮކްޓޯބަރު 15 ގައި ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރ އަތޮޅާއި ކައިރީގައި އޮންނަ ރާނބުގަލިންނެވެ.

އާދީއްތަ ދުވަހު މި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝާކިރުގެ މައްޗަށް މާސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވެއެވެ.

މައްސަލައިގައި ފުލުހުން ބުނީ ފަޅު ރަށް ބަލައި ފާސް ކުރުމުގެ ތެރެއިން ލޯންޗުން ސެޓެލައިޓް ފޯނަކާއި ގިނަ އަދަދެއްގެ ޕެޓްރޯލް ހަން ފެނިފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން ވެލީގެ އަސަރު ފެނިފައިވާއިރު ލޯންޗްގެ ގެ ގަނޑުގެ އަރިމަތިން އިތުރު ބޯޓަކާ ގާތްކޮށްފައިވާކަމުގެ ނިޝާންތައް ހުރިކަން ފުލުހުން ފާހަގަ ކުރި އެވެ. ލޯންޗުން ފެނުނު ސެޓްލައިޓު ފޯނު ފާސް ކުރިއިރު، އޭގައި ހުރި މެސެޖުތަކުގައި އެ މީހުން ރާއްޖެއިން ބޭރަށް ދިޔަކަމުގެ ހެކި ހުރިކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ބޮޑު ޑީލްއެކެވެ. އަދި އެ ދެމީހުން ހައްޔަރު ކުރީ ފުލުހުންގެ އިންޓެލްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަން ކުރިޔަށް ގެންދިޔަ އިރު ފުލުހުން ރ އަތޮޅުގެ ގިނަ ފަޅު ރަށްތަކެއް ވެސް ބަލާ ފާސް ކުރި އެވެ. އޮޕަރޭޝަނުގެ ތެރެއިން ރ. ބޮޑުފަރު ފިނޮޅުން ފެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިފައި ވެއެވެ. އެ މައްސަލައިގައި ސުވާލު ކުރުމުން، އެއީ މަސްތުވާތަކެތި ބަލާދިއުމަށް ޓެސްޓް ދަތުރެއް ކުރަން ބޭނުންކުރި ފެޓްރޯލް ހުސްކުރި ހަންތަކެއްކަމަށް ތަހުގީގަށް ބުނިކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ފަޅު ރަށުގެ ކަށިކެޔޮ ގަސްތަކުގެ ތެރެއިން ހޯދި 11 ގޯންޏެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 215 ކަރުދާސްކޮޅު ފެނުނުކަމަށް ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ލޯންޗުން ފެނުނު ސެޓްލައިޓު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓަށް ބެލުމުން މިފޯނުގައި ހުރި މެސެޖުތަކުގައި އެމީހުން ރާއްޖެ ސަރަހައްދުން ބޭރަށް ދިޔަކަމުގެ މެސެޖުތަކަކާއި ބޯޓަކާ ބައްދަލުކުރިކަމުގެ މެސެޖްތަކެއް ފެނިފައިވެ އެވެ. ފުލުހުން ތުހުމަތު ކުރަނީ މި 215 ކިލޯއަކީ އެހެން ގައުމަކަށް ގެންދަން މަސައްކަތް ކުރި މަސްތުވާތަކެތި ކަމަށެވެ.

215 ކިލޯ އަކީ މިހާތަނަށް ފުލުހުންގެ އޮޕަރޭޝަނެއްގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: