ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަންގްލަދޭޝްއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ޝެއިޚް ހަސީނާ

ބޮޑުވަޒީރު ޝެއިޚް ހަސީނާ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 10 އަހަރުގެ ތެރޭގައި ބަންގްލަދޭޝްއއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވަމުން ޝެއިޚް ހަސީނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖީޑީޕީ ނިސްބަތް އިތުރުވަމުންދާ މިންވަރު ހުރީ 7 އިންސައްތައަށްވުރެ މަތީގައި ކަމަށެވެ. އަދި ކޮވިޑްގެ ޕެންޑެމިކްގެ ކުރިއަށް ބަންގްލަދޭޝްގެ ޖީޑީޕީ ހުރި 8.2 އިންސައްތައިގައިކަން ޝެއިޚް ހަސީނާ ފާހަގަކުރެއްވިއެވެ.

ޝެއިޚް ހަސީނާ ވިދާޅުވީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ސޯޝިއޯ އިކޮނޮމިކްގެ ދާއިރާއިން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވައި، މެޓަރނަލް އަދި ޗައިލްޑް ހެލްތުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ. ޝެއިޚް ހަސީނާގެ ވާހަކަފުޅުގައި ގައުމުތައް އެކަހެރިވެގެން ތަރައްގީނުވެވޭނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔެ ކުރިއަރައިދާނީ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުންކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝްއަކީ ބައިނަލްއަގްވާމީ މައިދާނުގައި ބަސްކިޔޭ ގައުމަކަށް ވެފައިވާކަމަށް ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި އަސްކަރީ ބަޣާވާތަކުން އެކަމަނާގެ ބައްޕާފުޅުގެ ވެރިކަން ވައްޓާލިގޮތަށް ވަނީ އަލިއަޅުއްވަލައްވާފައެވެ. އަދި ބައްޕާފުޅު ހިމެނޭހެން 18 މެމްބަރަކު އެކަމަނާގެ އާއިލާއިން އަވަހާރަކޮށްލާފައިވާކަން ފާހަގަކުރެއްވިއެވެ. އެކަމަނާގެ ބައްޕާފުޅު ކުރެއްވި މަސައްކަތްޕުޅަކީ ޒަމާނީ ވެރިކަމެއް ގެނައުމަށްޓަކައި އެކަމަނާ މަސައްކަތްޕުޅު ފެއްޓެވި ސަބަބުކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަހަރަކީ ބަންގްލަދޭޝްއަށާއި ރާއްޖޭގެ ގުޅުމަށް އުންމީދީ އަހަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ތެރޭ ދެގައުމުގެ މަތީ ފަންތީގެ ގިނަ މުއާމަލާތްތަކެއް ކުރެވިފައިވާކަން ޝެއިޚް ހަސީނާ ފާހަގަކުރެއްވިއެވެ.

ޝައިޚް ހަސީނާ ވަނީ މިއަދު ހެނދުނު ބޭއްވި ރަސްމީ ބައްދަލުވުންތަކަށްފަހުވެސް ސްޓޭޓްމަންޓެއް ނެރުއްވާފައެވެ. ސްޓޭޓްމަންޓްގައި ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ބަންގްލަދޭޝްގެ ގައުމީ އެއާލައިންއިން ޑާކާއާއި ދެމެދު ފްލައިޓްތައް އޮޕަރޭޓް ކުރުމަށްވިސްނަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ މުއާމަލާތްތައް ކުރެވޭ މިންވަރު އިތުރުވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަމަނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން އެކަމަނާ އަށް މަރުހަބާ ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައި އެކަމަނާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިވެސްކުރައްވާފައެވެ. އެކަމަނާ ތަގްރީރުކުރައްވައި ނިމުމުން، ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުމާއި އިހުގައި ދެގައުމުގެ މެދުގައި ކޮށްފައިވާ ދަތުރުތައް ރަމްޒުކޮށްދޭ  ކުރެހުމެއް ރައީސް ނަޝިދު ވަނީ ޝެއިޚް ހަސީނާއަށް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: