ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީ ގެ އެމްބަސީއާއި އިކޮނޮމިކް މިނިސްޓްރީއިން ގުޅިގެން ވެބިނަރ އެއް ބާއްވައިފި

ޔޫއޭއީ ގެ އެމްބަސީއާއި އިކޮނޮމިކް މިނިސްޓްރީއިން ގުޅިގެން ވެބިނަރ އެއް ބާއްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިްސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި ޔޫއޭއީގެ އެމްބަސީ އާއި ގުޅިގެން ‘އިންވެސްޓިންގ ރިނަވަބަލް އެނާޖީ: އޮޕަޗުނިޓީސް ފޮރ މޮލްޑިވްސް އެންޑް ޔޫއޭއީ’ ގެ ނަމުގައި ވެބިނަރ އެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށް ގެންދެވުނު މި ވެބިނަރ އަކީ ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާގައި ތިބި މަގުބޫލު އިންވެސްޓަރުންނަށް ކުރިއަށް ގެނެދެވުނު ވެބިނަރއެކެވެ. ވެބިނަރ އިފްތިތާހުކޮށްދެއްވަމުން ޔޫއޭއީގެ އެމްބެސެޑަރ ހެބާ އަލްޖެނެއިބީވަނީ ރާއްޖޭގައި ޔޫއޭއީގެ ދެމެދު އޮތް ރަހުމަތްތެރި ކަމުގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަދައްކަވައި، ދެ ގައުމުގެ ދެމެދު ޓްރޭދުގެ ގުޅުން ވަރުގަދަ ކުރުމަށް ވާހަކަދައްކާވަފައެވެ.

މީގެ އިތުރުން އެސެޓް މެނޭޖްމެންޓް އެންޑް ޓެކްނިކަލް ސާވިސަސް އޮފް މަސްޑަރ ގެ ޑިރެކްޓަރ، މުހައްމަދު އަލްގަދަރު ވަނީ އޭނާގެ ތަޖުރިބާ ހިއްސާކުރެއްވުމާއި އެކު ރާއްޖޭގައި އަދި ދުނިޔޭގެ އެހެނިހެން ހިސާބުތަކުގައި އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ކޮށްފައިވާ އިންވެސްޓް ތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. މި ވެބިނަރ ގެ ތެރެއިން އެންވަޔަރަމެންޓް މިނިސްޓްރީ އިން ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ބައިވެރީންގެ ސުވާލުތަކާއި، ަތޖުރިބާ ހިއްސާ ކުރުމަށް ސެޝަން އެއް ކުރިއަށް ގެންގޮސްފައިވެއެވެ.

2030 ވަނަ އަހަރުގެ ނިަޔަލަށް ރާއްޖެއިން ހާސިލު ކުރަން ބޭނުންވާ 0 ނެޓު އެމިޝަންސް ގެ ޓަރގެޓާއި މެދު ވާހަކަ ދައްކަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭތް މިނިސްޓަރ ހަދީޖާ ނަސީމް ވަނީ ޔޫއޭއީ އިން ރާއްޖެ އަށް ދެމުންދާ އެހިތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: