ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭގެ ސިއްހީ ހިދުމަތަށް 35 އަހަރު ފުރުމާއި ދިމާކޮށް އަންނަ އަހަރު ޚާއްސަ ހަރަކާތްތަކެއް!

އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުމާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭގެ ސިއްހީ ހިދުމަތްތައް ފޯރުކޯށްދޭން ފެށިތާ 35 އަހަރުން ފުރުމާއި ދިމާކޮށް އަންނަ އަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ކުންފުނީގެ ޗެއަރމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު) ވިދާޅުވެއްޖެއެވެ.

އޭޑީކޭގެ މުވައްޒަފުން މެދުގައި ކުރިއަށް ދިޔަ ދޮންކަލޭފާނު ކަޕް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަންނަ އަހަރާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހަރަކާތް ޖެނުއަރީ މަހުގެ ފަސްވަަނަ ދުވަހު އޮންނާނެކަން އިއުލާންކުރެއްވިއެވެ.ސއްިހީ

ނާޝިދު ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ މަސައްކަތުގެ ބުރަ މާހައުލުން އެއްފަރާތްވެ އެކަކު އަނެކަކު ދެނެގަނެ، ފިޒިކަލް ހަރަކާތެއްގައި ބައިވެރިވުން ކަމަށެވެ. މިމުބާރާތް މިއަށްވުރެ ފޯރިގަދަކޮށް، ކުލަގަދަކޮށް ބާއްވަން ބޭނުންވާކަން ހާމަވެއްޖެކަމަށް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ނާޝިދު އެރުވިއެވެ.

އަންނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހަކީ އޭޑީކޭއިން ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭން ފެށިތާ 35 އަހަރު ފުރޭ ދުވަހެވެ. އެހެންކަމުން ދުވަހާއި ގުޅިގެން އޭޑީކޭއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ޜާޥާފައެވެ.  އެގޮތުން އަހަރު ފުރޭ ދުވަހާއި ހަމައަށް ކައުންޓްޑައުންއެއް ޖެއްސުމާއި މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ހަރަކާތް ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާންކުރެއްވިއެވެ. ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު،  މިދުވުމަކީ މާތް މަގްސަދެއްގައި ކުރިއަށް ގެންދެވޭކަމެއްގެ ގޮތުގައި ވަނީ ފާހަަގަކުރައްވާފައެވެ. ދުވުމުގެ ބައިވެރިން ދުވާކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް ހަދިޔާކުރުމަށް ނިންމާފައިޥާކަމަށް ނާޝިދު ވިދާޅުވިއެވެ.

މީގެ އިތުރުން 35 ވަނަ އަހަރާއި ދިމާކޮށް ޚާއްސަ ހިދުމަތްތަކެއްވެސް ތައާރްފކުރުމަށް ނިންމާފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ.

ދޮންކަލޭފާނު ކަޕަކީ އޭޑީކޭ ކުންފުނިތަކުގެ މެދުގައި އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުބާރާތަކެވެ. މިއީ މިމުބާރާތް ބާއްވަމުން އަންނަ ހަތްވަނަ ފަހަރެވެ. މިމުބާރަތުގައި މިއހަަރު 12 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގެ މަގްސަދު ހާސިލްވެފައިވާކަން ހާމަވާކަމަށް ނާޝިދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: