ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯޓް ސޭފްޓީވީކް 2021 ގެ ފުރަތަމަ ވޯކްޝޮޕް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިސް ޕޯޓްސް ލިމިޓެޑުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕޯޓް ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕް ފަށައިފިއެވެ.

ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދާ “ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް” މިއަދުގެ ހެނދުނު 10:00ގައި ފައްޓަވައިދެއްވީ، މި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. ޖުމްލަ 43 ބައިވެރިންނާއި އެކު ކުރިޔަށް ގެންދާ މި ވޯރކްޝޮޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ.

މި ވޯރކްޝޮޕްގައި ފުރަތަމަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، ސޭފްޓީ ކަލްޗަރ އާއި ބެހޭގޮތުންނެވެ. އެއަށް ފަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކްރައިމް ޕްރެވެންޝަން މައުލޫއަށް އަލިއަޅުވައި މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު، މޫސުމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ސައިބަރ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތު ދިނުން، ޓީމް ބިލްޑިންގ އެކްޓިވިޓީގެ އިތުރުން އެންސިސްގެ ފީލްޑް ޓްރިޕެއް ވޯކްޝޮޕްގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވޯކްޝޮޕްގެ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމުވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: