ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އިތުރު 132 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިއަދު 132 މީހަކު ކޮވިޑަށް ޕޮޒިޓިވް ވި/ ފޮޓޯ:- ދިޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޖުމްލަ 132 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ރާއްޖެއިން 132 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ގްރޭޓަރ މާލެ އޭރިއާ އިން ޕޮޒިޓިވްވީ ޖުމްލަ 43 މީހުންނެވެ. އަތޮޅު ތެރެއިން 46 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 42 މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު ދުނިޔޭގައި ހަލުއި ކަމާއި އެކު ފެތުރެމުންދާ އޮމިކްރޯނު ވައިރަހަށް ރާއްޖެއިން ވަނީ 5 މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ރާއްޖެއަށް ދެކުނު އެފްރިކާއިން ދަތުރުކޮށްފައިވާ 5 ފަތުރުވެރިންނެވެ. އޮމިކްރޯން ދުނިޔޭގައި ފެތުރެމުންދާ މިންވަރު އަވަސްވުމާއި އެކު ރާއްޖޭއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އެފްރިކާގެ ސަރަހައްދުގެ ގައުމުތަކުގެ އެއާލައިންތަކުގެ ދަތުރުތައް ބައެއް ގައުމުތަކުން މަޑުޖައްސައި ބައެއް ޓްރާންސިޓު ދަތުރުތައް ވެސް ހުއްޓާލާފައިވާއިރު، އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައް އުވާލާފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ އޮމިކްރޯން އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ. މިގޮތަށް ދަތުރުކުރާ މީހުންނާ އެކުގައި ދަތުރުކުރާ އަހަރު ނުވާ ކުދީން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހެއެވެ.

ފަތުރުވެރިން ފިޔަވާ ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ލާޒިމެވެ. އަދި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމަށް ފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: