ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު، މަގޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފި

ރައީސް މަގޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަގޫދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ވަކި ވަކީން ބޭއްވެވި މި ބައްދަލުވުންތަކުގައި ކައުންސިލުން ވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ ސަރުކާރުން ހުރިހާ ރަށެއް ވެސް ތަރައްގީ ކުރައްވަމުންދާތީ ރައްޔިތުން އެ ކަން ބަލައިގަންނަ ކަމުގައި ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.

މަގޫދޫ ބަނދަރު ސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ ތަރައްގީ އާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.

އެގޮތުން މަގޫދޫ ރައްޔިތުން ވަނީ ލަފާފުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވާ ކަން ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓްގެ ދަތިކަން ފާހަގަކުރައްވައި އެ ކަމުގެ ސަބަބުން ގިނަ މަސައްކަތްތައް ކުރުމުގައި ދަތިވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ރައްޔިތުން އެންމެ ބޭނުންވެފައި ވަނީ ލަފާފުރުމުގައި ދިމާވާ ދަތިކަން ހައްލުކުރުން ކަން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ މި އަހަރުގެ ބަޖެޓުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ހިމަނާފައިވާ ކަމަށާއި މި އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މަގޫދޫ ރައްޔިތުންގެ އެދުމާއި އެގޮތަށް މިދިޔަ އަހަރު މިސްކިތެއް ބިނާކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަން ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: