ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އޭސީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާ ހުށަހަޅުއްވާފައި ވާތީއެވެ.

މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

އޭސީސީ މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތީ ކޮމިޝަންގެ މެމްބަރުންގެ ޕަރފޮމަންސް އޮޑިޓެއް ހެދުމަށްފަހު ކޮމިޝަންގެ ފަސް މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ފެށުމުން ފަސް މެމްބަރުންވެސް އިސްތިއުފާ ދެއްވުމުންނެވެ. ޕަރފޮމަންސް އޮޑިޓްގެ މަސައްކަތް ފެށުމުން ކޮމިޝަންގައި ތިއްބެވި އިބްރާހިމް ޝަކީލް އަދި އަލީ އަޝްރަފް އިސްތިއުފާ ދެއްވިއެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބްރައީސް ފާތިމަތި އަނޫލާ އަދި ކޮމިޝަންގެ މެމްބަރު އައިޝަތު އަބްދުﷲ ކޮމިޝަނުން އިސްތިއުފާ ދެއްވީ ޕަރފޮމަނސް އޮޑިޓަށް ބެލުމަށްފަހު މަޖިލީހަށް ޖަވާބުދާރީވާން އެންގުމުން، އެކަން ކުރުމަށްފަހުގައެވެ.

ކޮމިޝަންގެ ރައީސާއި ނައިބްރައީސްގެ މަގާމުގައި ހުންނެވި ޝިއުނާއާއި އަނޫލާ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ މިދައުރަކީ ނުފޫޒެއްގައި ނުޖެހި މަސައްކަތްކުރެވުނު ހަމައެކަނި ދައުރުކަން ފާހަގަކުރައްވާފައެވެ. އަދި ފެށުނީއްސުރެ ސިޔާސީ ފިއްތުންތައް ކުރިމަތިވަމުން ދިޔަ ކަމަށާއި މައްސަލަތައް ޕީޖީއަސް ނުފޮނުވި އުޅެނިކޮށް އެއީ ބެލޭނެ މައްސަލައެއް ނޫންކަމަށް ޕީޖީއިން އަންގާކަމަށް ސިޓީތަކުގައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން އޭސީސީގެ މައްސަލަ ބަލަން ފެށީ މިސަރުކާރުގެ ބައެއް ވަޒީރުންގެ މައްސަލަތަކާއި އެމްޑީޕީ މެމްބަރުންގެ އާއިލާ ބޭފުޅުންގެ މައްސަލަތަކެއް ބަލަން ފެށުމުންނެވެ. އޭސީސީ މެމްބަރުންނާއިމެދު މަޖިލީހުން ކަންތައް ކުރީ ރަނގަޅަށް ނޫންކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: