ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުއޯނީ ފްރާންސްއާއެކު ޚާއްސަ ކެމްޕެއިނެއް!

ފަތުރުވެރިަކން ޕްރޮމޯޓްކުރުމަށް ކުއޯނީ ފްރާންސްއާއެކު ޚާއްސަ ކެމްޕެއިނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއޯނީ ފްރާންސްއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް)އިން އެއް މަހުގެ މާކެޓިން ކެމްޕެއިންއެއް ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ދާނީ 06 ޖެނުވަރީ 2022 އިން 06 ފެބްރުއަރީ 2022 އަށެވެ.

ކުއޯނީ ފްރާންސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީއެވެ. މި އެޖެންސީއިން ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލްތައް އިޝްތިހާރުކޮށް، އެ މަންޒިލްތަކުގެ ޕެކޭޖުތައް ވިއްކައެވެ. އެމްއެމްޕީއާރުސީއާއި ކުއޯނީ ފްރާންސްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ މަގްސަދަކީ ރާއްޖެއަކީ ފްރާންސް މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރުތަކާއި، ފޮޓޯ، އާޓިކަލް، ނިއުސްލެޓަރ، ކުއޯނީ ފްރާންސްގެ ޑިޖިޓަލް/ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރާނެއެވެ. މީގެއިތުރުން ފްރާންސްގެ އެކި ލޮކޭޝަންތަކުގައި އިޝްތިހާރުތައްވެސް ޖަހާނެއެވެ. މީގެތެރޭގައި ސާރޗް، ޑިސްކަވަރީ، ގޫގަލް އެޑްސް، ނިއުސްލެޓަރ، އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ފްރާންސްގެ ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ގުދުރަތީ ގޮތުން ވަކިވަކިން ކަމުން މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި މި ކެމްޕެއިންގެ ތެރެއިން އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ރައްޖެއިން ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަފާތު ތަޖުރިބާތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް ފްރާންސްގެ ބަޖެޓް އަދި ލަގްޒަރީ ފަތުރުވެރިންނާ ހިއްސާކުރާނެއެވެ. މި ކެމްޕެއިންގެ ސަބަބުން ފްރާންސް މާކެޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤުބޫލުކަން އިތުރުވެ، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރްސިއިން ދެކެއެވެ.

މި ކެމްޕެއިންގެ ސަބަބުން ފްރާންސްގެ ފަތުރުވެރިންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެވި، ރާއްޖެއާމެދު އޮންނަ ހޭލުންތެރިކަން އިތުރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސިއިން ދެކެއެވެ. މިއީ އެމްއެމްޕީއާރުސީއިން ފްރާންސް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި މާކެޓިން ސްޓްރެޓަޖީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، ޕްރޮޑަކްޓްތައް، އަދި ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ފިޔަވަޅުތައް ފަތުރުވެރިންނަށް އަންގައިދިނުމަށް ބައްޓަން ކޮށްފައިވާ ސްޓްރެޓަޖީއެކެވެ. .

ފްރާންސް އަކީ މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރި 10 މާކެޓްގެ ތެރޭގައި ހިމެނޭ މުހިންމު މާކެޓެކެވެ. ޑިސެންބަރު މަހުގެ 29 ގެ ނިޔަލަށް 1,312,706 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ފްރާންސްއަކީ މި މުއްދަތުގައި ރާއްޖެއަށް 9 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްއެވެ. މިގޮތުން މި މުއްދަތުގައި ފްރާންސްއިން ރާއްޖެއަށް 29,877 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ވަނީ މިއަހަރު މިހާތަނަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވާޗުއަލް އަދި އިންޕާސަންކޮށް ބޭއްވި ހަރަކާތްތައް ހިމެނެއެވެ. މީގެތެރޭގައި ރޯޑްޝޯ، ވެބިނާ، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެކި ސްޓޭކްހޯލްޑަރުންނާއެކު ބޭއްވި ސޯޝަލް، ޑިޖިޓަލް އަދި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ފެއަރ އަދި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: