ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއެސްއެމްގެ ތެޔޮ ބާޖެއް ފަރަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބާޖެއް ފަރަށް އަރައިގެން އެ އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ސިފައިންގެއިން މިއަދު ބުނީ އެފްއެސްއެމް އިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ “މެކުނު” ބާޖް ރޭ ފަރަކަށް އަރާފައިވާ ކަމަށެވެ. ބާޖު ފަރަށް އަރާފައި ވަނީ ކ. ރަންނާޅި ރިސޯޓު ކައިރީގައި އޮތް ފަރަކަށެވެ.

އެ އުޅަނދު ފުން ކުރުމުގެ މަސައްކަތް ކޯސްޓް ގާޑުން މިހާރު އަންނަނީ ކުރަމުންނެވެ.

އެ ހާދިސާގައި ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ސިފައިންގެއިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: