ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗަކާއި ޑިންގީގެ އެކްސިޑެންޓާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ހެދީ ދޮގު: ލޯންޗުގެ ވެރި ފަރާތް

ހުޅުމާލެ ނެރު ސަރަހައްދުން ޖެހުނު ލޯންޗާއި ޑިންގީ: ފޮޓޯ/ ލޯންޗުގެ ވެރި ފަރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓާއި ގުޅޭގޮތުން އެމްއެންޑީއެފްއިން އާންމުކޮށްފައިވާ މައުލޫމާތުތައް، ލޯންޗުގެ ވެރި ފަރާތުން ދޮގުކޮށްފިއެވެ.

ލޯންޗަކާއި ޑިންގީއެއް ޖެހި ހިންގާފައިވާ އެކްސިޑެންޓާއި ބެހޭގޮތުން އެމްއެންޑީއެފްއިން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން، އެމްއެންޑީއެފްއަށް ޑިންގީ އަދި ލޯންޗުވެސް ނެރުމަތީ އޮއްވާ ވަނީ ފެނިފައެވެ. އެހެން ނަމަވެސް ކަންބޮޑުވުމާއި ނުރުހުން ފާޅުކުރައްވާ ލޯންޗުގެ ވެރި ފަރާތް މުހައްމަދު ނާފިޒް “ސަންގުޓީވީ” އަށް މައުލޫމާތު ހިއްސާކުރައްވާ ވިދާޅުވީ، އެކްސިޑެންޓާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ނެރިފައިވާ ބަޔާން އެނާ ދޮގުކުރައްވާކަމަށެވެ.

އެކްސިޑެންޓު ހިނގައިފައިވާ ގޮތް ސިފަކުރައްވާ ނާފިޒް ވިދާޅުވީ، އެކްސިޑެންޓެއް ކުރިމަތިވީ ބައްތިއެއް ދިއްލާފައި ނެތް ޑިންގީއެއް ބާރު ދުވެއްޔެއްގައި އައިސް ލޯންޗުގައި ޖެހުމުންކަމަށެެވެ. އެނާ ހިއްސާ ކުރައްވާފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުން ޑިންގީ އައިސް ޖެހިފައިވަަނީ ލޯންޗުގެ އަރިމައްޗެއްގައެވެ. އަދި ޑިންގީގެ މުޅި ކުރީ ކޮޅު ބިންދައިގެން ގޮސްފައިވާ މަންޒަރު ފެންނަ އިރު، ލޯންޗުގެ އަރިމަތިން ފަޅައިގެން ގޮސްފައިވާތަންވެސް ފެނެއެވެ.

ނާފިޒް މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓުވީ ސީނުގައި ޑިންގީ އޮތް ކަމަށް ބުނެފައިވާ ބުނުމަކީ، ދޮގު ވާހަކައެކެވެ. އަދި ސުވާލުތަކެއް ކޮށްފައިވާކަމަށް ބުނެފައިވާ ބުނުންވެސް އެނާ ވަނީ ދޮގުކުރައްވާފައެވެ.

ނާޒިފް ވިދާޅުވީ، އެކްސިޑެންޓު ހިނގުމުން ޑިންގީ ވަނީ މަޑު ކުރުމެއް ނެތި ބާރު ދުވެއްޔެއްގައި އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އަދި މީހަކު މޫދަށް ވެއްޓި ޒަހަމްވެފައިވާކަން އިނގުނީ އޭގެ ވަގުތުކޮޅެއް ފަހުންކަމަށާއި، ލޯންޗުގެ ކުރޫ އަދި ކައްޕި އެނާ ނެގުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވިފައިނުވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އިއްތިފާގުން އެމްއެންޑީއެފްގެ ބޭފުޅުންތަކެއް އެ ސަރަހައްދަށް އެ ވަގުތު އައިސްފައިވާކަމަށް އިޝާރާތްކުރައްވާ ނާފިޒް ވިދާޅުވީ، ޒަހަމްވެފައިވާ މީހާ ސަލާމަތް ކުރީ އެމްއެންޑީއެފްގެ ބޭފުޅަކު މޫދަށްވެސް ފައިބައިގެންކަމަށެވެ. އަދި އެނާ ނެގުމަށްފަހު ވަގުތުން ހުޅުމާލެއަށް މިސްރާބު ޖެހިކަމަށް އެނާ ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ، އެކްސިޑެންޓުގައި ޝާމިލުވި އެނާގެ ލޯންޗު ސަލާމަތް ކުރީ، އެ ކުންފުނީގެ އެހެން ދެ ލޯންޗެއްގެ ބޭނުންކޮށްގެންކަމަށެވެ. އަދި ޑިންގީ ފެނުނީ އެ ދެ ލޯންޗުގެ ބޭނުންކޮށް ހުޅުމާލޭގެ ފަޅު ތެރެ ޗެކު ކޮށްގެންކަމަށާއި، ޑިންގީ ފެނުނު އިރު ވަނީ ފަރުކޮޅު ފުއްޓާއި ދިމާލުން ބީޗަށް އަރުވާފައިކަމަށް އެނާ ސިފަކުރެއްވިއެވެ.

ނާފިޒް ވިދާޅުވީ، މޫދަށް ވެއްޓުނު މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާ ވާހަކައަކީވެސް ހަގީގަތެއް ނޫންކަމަށެވެ. އަދި އެ ލޯންޗުގައި އަޅާފައިވަނީ 115 ހޯސް ޕަވަރުގެ ދެ އިންޖީނުކަމަަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، އެހެންކަމުން ލޯންޗު އެނާގެ ގައިމަތިން ގޮސްފައިވާނަމަ ޒަހަމްވެފައިވާ މީހާ މީހާރު އޮތް ހާލުގައިވެސް ނޯންނާނެކަމަށެވެ.

ނާފިޒް ވިދާޅުވީ، މީޑިއާތަކުގައި ހަބަރުތައް ޝާއިއުކޮށްފައިވާގޮތުން އެނާގެ ކުންފުނީގެ ރެޕިއުޓޭޝަންއަށް ގެއްލުންތަކެއް ވެގެންދާކަމަށެވެ. އަދި ޑިންގީ ފިލައިގެންދިޔަ ވާހަކަތައް ގެނެސްފައިނުވާކަމަށެވެ. އެހެން ނަމަވެސް ނޫސްތަކުން ހަވާލާ ދީފައިވަނީ އެމްއެންޑީއެފްގެ ބަޔާނަށް ކަމަށްވުމުން އެއީ އެމްއެންޑީއެފްގެ މައްސަލައެއް ކަމަށް ގަބޫލުކުރައްވާކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: