ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑައިވްކުރަން އުޅުމުގެ ތެރެއިން ގެއްލިގެން ހާލުގައި ޖެހުނު މަހުމޫދު އިތުރު ފަރުވާތަކަށް އިންޑިއާއަށް

އެމްއެންޑީއެފް ބޭފުޅުން ސާޗް އެންޑް ރެސްކިއު އަކަށް ތައްޔާރުވެފައި: ފޮޓޯ/އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟
ފުވައްމުލަކު ސަރަހައްދުގައި ނެރާއި ދިމާލުން ބޭރުގައި ޑައިވް ކުރަން އުޅުމުގެ ތެެރެއިން ގެއްލިގެން ހާލުދެރަވުމާއި ގުޅިގެން ފަރުވާދެމުން ދެމުންއައި 19 އަހަރުގެ ޒުވާނެއް ކަމަށްވާ މަހުމޫދު ފާއިޒް، އިތުރު ފަރުވާތަކަށް އިންޑިއާއައް ގެންގޮސްފިއެވެ.
މިހާދިސާގައި މަހުމޫދާއި އެކު އިތުރު ފަރާތެއްވެސް ޝާމިލުވެއެވެ. އެެހެންކަމުން އެނާއާއި އެކު ޑައިވްކުރަމުން ދިއަ މަޝްހޫރު އަދި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު ހޯދުމަށް އެތައް މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެނާ ފެނިފައިނުވާކަމަށްވެސް ފާހަގަކޮށްލެވެއެވެ.
މުުހައްމަދު ސައީދު ފެނިފައިނުވާ ނަމަވެސް އެނާ ޑައިވް ކުރަން ބޭނުންކުރި ސާމާނުތައް ކަމަށް ބެލެވޭ ތަކެތި، ޑައިވަރުން ގެއްލުންސަރަހަދުގެ 59 މީޓަރު އަޑިން އެމީހުން ހޯދުމުގެ މަސައްކަތް ކުރި ފަރާތްތަކަށް ފެނިފައިވާކަންވެސް ފާހަގަކުރެވެއެވެ.
މިދިޔަ މެއި މަހުގެ ދެވަނަ މަހުމޫދާއި އެކު ޑައިވްކުރަމުންދަނިކޮށް ގެއްލިފައިވާ ސައީދު ގެއްލިގެން ހޯދުމަށް ކުރި މަސައްކަތްތައް އެމްއެންޑީއެފްއިންވަނީ ހަތް ދުވަހަށް ކުރިއަށް ގެންދިއުމަށްފަހު ހުއްޓާލާފައި ކަމަށްވެސް ފާހަަގަކޮށްލެވެއެވެ. މި އޮޕަރޭޝަންގައި މަސައްކަތްކުރި ފަރާތްތަކުންވަނީ ފުވައްމުލަކު ސަރަހައްދު ކަނޑުގެ ބޮޑު ބައެއް ހޯދައި ފާސްކޮށްފައިކަންވެސް ފާހަގަކުރެއެވެ.
ގެއްލިގެން ހާލުގައި ޖެހުމުގެ ސަބަބުން ފަރުވާދިނުމަށް މަހްމޫދު އެންމެ ފުރަތަމަ ގެންދެވިފައިވަނީ ދ. ކަނޑިންމަ ރިސޯޓަށެވެ. އަދި އެއަށްފަހު ކުރެއްދޫ އައިލޭންޑް ރިސޯޓްގެ ޑީކޮމްޕްރެޝަން ފެސިލިޓީއެއްގައި ދެ ހަފްތާގެ މުއްދަތަކަށް މަހުމޫދަށް ފަރުވާ ދެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބޭގޮތުން، ޑޮކްޓަރުންގެ އިރުޝާދުގެ މަތިން މަހުމޫދު މިއަދު އިންޑިއާއަށް ފުރުވާލެވިފައިވަނީ، ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ހެދުމަށް އެގައުމުގެ މަޝްހޫރު އަދި އިތުބާރުކުރެވޭ ހޮސްޕިޓަލެއްކަމަށްވާ އަމްރިތާ ހޮސްޕިޓަލަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: