ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހޯމް ސޯލާ” ޕްރޮގްރާމް ހިންގަން ފެނަކައާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އިއާދަކުރަނިވި ހަކަތަ އުފައްދާ “ހޯމް ސޯލާ” ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއެވެ.

“ހޯމް ސޯލާ” ޕްރޮގްރާމުގެ ދަށުން ކޮންމެ ގޭބިސީއެއްގައި ސޯލާ ޕެނަލް ހަރުކޮށް މި ނިޒާމުގެ ތެރެއިން ކަރަންޓު ބިލު ދެއްކޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ލިބިގެންދާއިރު ގޭބިސީތަކަށް ބޭނުންވާ ޖުމުލަ ކަރަންޓް ނުވަތަ ކަރަންޓުން ބައެއް އިރުގެ އަލީގެ ހަކަތައިން އުފެއްދޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވާނެއެވެ.

މި ޕްރޮގްރާމަކީ 2023ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށާއި އެ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް ސަރުކާރުން އަމާޒުކޮށްފައިވާތީ, އެ އަމާޒު ހާސިލުކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ ދަށުން:

  • 5ކވ އާއި 3ކވ. ގެ ސޯލާ ޕީވީ ޕެކޭޖް ތައާރަފް ކުރާނެ
  • ގޭބިސީއަށް ކަރަންޓު ބޭނުންވާ ނިސްބަތަށް ބަލައި، އެކަށޭނެ ސައިޒް ކަނޑައެޅޭނެ
  • ސާވޭ ކުރުމާއި އިންޖިނިއަރިން ޑިޒައިން، ހަރުކޮށްދިނުން އަދި ކޮމިޝަންގެ މަސައްކަތް ކޮށްދޭނެ

ފެނަކައިން ބުނީ, މި ޕްރޮގްރާމުގެ ދަށުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި 2ކވ ގެ ސިސްޓަމެއް ގާއިމުކޮށްފި ނަމަ, ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅައިބަލާ އިރު, 90 ޕަސެންޓް އަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތް ކުރެވޭނެ ކަމަށެވެ.

އަދި އެ ޕްރޮގްރާމުގެ ދަށުން ދޫކުރާ ހޯމް ސޯލާ ނިޒާމުތަކަކީ ނިސްބަތުން އަގުހެޔޮ, ރައްޔިތު މީހާގެ ޖީބަށް ލުއި އަދި އިންސްޓޯލްމަންޓް އުސޫލުން ދޫކުރެވޭ ނިޒާމުތަކެއް ކަމަށްވެސް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ, އެ މަޝްރޫއު ހިންގުމަށް ފެނަކައާ ހަވާލުކުރާ ފައިސާއިން 2ކވގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެއީ ރިވޯލްވިން ފަންޑެއްގެ ދަށުން ކުރިއަށް ގެންދާ މަަޝްރޫއުއަކަށްވާތީ, އެ އަދަދު މުސްތަގުބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަަމަށް ބުންޏެވެ.

“އެގޮތުން 2ކވ. ގެ 1000 ސިސްޓަމް ގާއިމުކުރެވިއްޖެ ނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓްކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ. މިއީ މިހާރުގެ ޑީސަލްގެ އަގަށް ބަލައި އިރު, އަހަރަކަށް 10 މިލިއަން ރުފިޔާ,” ފެނަކައިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: