ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީއާރް ޓެސްޓު މިންގަނޑުތަކާއި ހިލާފުވި ޓޫރިސްޓު އުޅަނދެއްގެ ހުއްދަ ހިފަހައްޓައިފި

ހުޅުމާލެ ހުޅަނގު ފަރާތުގައި އަޅާފައި ހުރި ސަފާރީތަކެއް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ބަލި ހުރިތޯ ބެލުމަށް ބޭނުން ކުރާ ޕީސިއާރު ޓެސްޓިންގެ މިންގަނޑުތަކާއި ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދެމުން އައި އުޅަނދަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މީޑިއާތަކަށް ބުނީ، އުޅަނދަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓިކަން އިމިގްރޭޝަނަށް އަންގައި، އެ އިދާރާގެ ލިސްޓުން އުޅަނދުގެ ނަން އުނިކޮށްފައިވާ ކަމަށެވެ. މިއީ ކޮން ކުންފުންޏެއްގެ ދަށުން ހިންގާ އުޅަނދެއްކަން، ނުވަތަ ކޮން ބައެއްގެ އުޅަނދެއްކަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އުޅަނދަށް ދެން ހުއްދަ ދޭނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ “ޕަބްލިކް ހެލްތް އިންޓަވެންޝަން ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންސްމިޝަން އިން ދަ ޓޫރިޒަމް ސެކްޓާރ” ގެ ގައިޑް ލައިންގައި ކަނޑައަޅާފައިވާ އުސޫލާއި މިންގަނޑުތަކާއި އެއްގޮތަށް އުޅަނދުގެ ކަންކަން ބަދަލު ކުރިކަން ޔަގީން ކުރުމަށް ފަހުކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯންއަށް ސަމާލުވުމަށް އިލްތިމާސްކޮށް މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުގައި އެސްއޯޕީތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އުޅަނދެއްގެ ހުއްދަ ހިފެހެއްޓިކަން މީޑިއާތަކާއި ހިއްސާ ކުރުމުން، ނޫސްވެރިން ވަނީ އުޅަނދުގެ ނަން ހިއްސާކޮށްދޭން އެދިފަ އެވެ. ނަމަވެސް މިނިސްޓްރީން އެ މައުލޫމާތު ނުދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: