ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ފެންވަރުގެ ސިއްހީ ފަރުވާ ތައާރަފުކުރުމުގެ ތާރީހީ މަގާމު ހާސިލުކުރީ އޭޑީކޭއިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށް ހިދުމަތް ފޯރުކޮށްދޭން އެންމެ ފަށައި، ތާރީހީ މަގާމެއް ހާސިލުކޮށްފައިވަނީ އޭޑީކޭއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އޭޑީކޭއިން އިންތިޒާމްކުރި ޗެރިޓީ ރަން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިއްހީ ހިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭޑީކޭގައި ތައާރަފް ކުރެއްވުމަށް ހޮސްޕިޓަލުން އިސްކަންދޭކަން ފާހަގަކުރައްވާފައެވެ. އަދި މި ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމުގައި ވެސް އޭޑީކޭ އިން ނަމޫނާ ދައްކާފއިވާކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމްއާރްއައިގެ ހިދުމަތާއި، ސީ.ޓީ ސްކޭންގެ ހިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭޑީކޭއިން ކަމަށެވެ. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން ކަމަށާއި ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭޑީކޭގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭޑީކޭގައި ތައާރަފް ކުރުމަށް ހޮސްޕިޓަލުން ކުރާ މަސައްކަތާއި މެދު ރައީސް ވަނީ ތައުރީފުކުރައްވާފައެވެ. ހޮސްޕިޓަލަށް އަންނަމުންދާ ބަދަލުތަކުގެ ނަތީޖާ އާއްމުންނަށް ފެންނަން އޮންނަ ކަމަށާއި އަބަދުވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޮސްޕިޓަލަށް ގެނައުމަށް ހޮސްޕިޓަލްގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

” މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިލީމާ، އަޅުގަނޑަށް އޭގެ ޖަވާބު ކޮންމެވެސް ވަރަކަށް ލިބޭ. އޭޑީކޭ ހޮސްޕިޓަލްގެ ތާރީހަށް އަޅުގަނޑުމެން ބަލާއިރު، ޒަމާނީ ސިއްހީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްވުމުގައިވެސް މި ހޮސްޕިޓަލް ވަނީ ވަރަށް ފަހުރުވެރި މަގާމެއް ހާސިލްކޮށްފައި ” ރައީސް ސޯލިހު

އޭޑީކޭއިން މިހާރު ކުރަމުންދާ މަސައްކަތެއްކަމުގައި އެނގިފައިވަނީ ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ހިދުމަތް އަވަސް މުއްދަތެއްގައި ހޮސްޕިޓަލުގައި ތައާރަފް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށާއި މި ހިދުމަތުގެ އިތުރުން އެންމެފަހުގެ އެމްއާރްއައިގެ ހިދުމަތް ވެސް ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ 35 އަހަރުގެ ތެރޭގައި، އޭޑީކޭގެ ސަބަބުން ރައްޔިތުންގެ އާންމު ސިއްހަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައި ކަމަށް ފާހަގަކުރައްވާފައެވެ. ސިއްހީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް، ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް، މި ހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: