ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖުން 28 މީހަކު ހައްޔަރުކުރީ ވަރަށް އަނިޔާވެރި ގޮތަކަށް: އިދިކޮޅު

އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން / ޕީޕީއެން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިންޑިއާ އައުޓް ހަރަކާތަށް ހުރަސްއަޅައި، 28 މީހަކު ހައްޔަރު ކުރީ ވަރަށް އަނިޔާވެރި ގޮތަކަށްކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

“ސަންގު” މައުލޫމާތު ދެމުން އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުން އަނިޔާވެރި ގޮތަކަށް 28 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކުރިމަށްޗަށް މަޑުކޮށް އެތަށް މީހުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފައި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މުޒާހަރާ ތެރޭގައި އިދިކޮޅު މުޒާހަރާގައި ބައިވެރިވި އަންހެނުން ތަކުރާރުކޮށް ފުލުހުން އެމީހުންގެ ގައިގައި އަތްލައިގެން ނުވާނެކަމަށް ބުނުމުންވެސް އެތަކެއް އަނިޔާތަކެއް ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރ އޮފް ޑިފެންސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިވަންކަމާއިއެކު ވާހަކަ ދެއްކުން ހުއްޓުވުމުގެ އެއްވެސް ހައްގެއް ފުލުހުންނަށް ނޯންނާނެ ކަމަށާއި ދިވެހި ރާއްޖޭގެ އިސްތިގްލާލާ ދޭތެރޭގައި ހުރި ކަންބޮޑުވުންތަކައް ހިޔާލު ފާޅުކުރުމުގެ ހައްގު، ދިވެހިންގެ ތެރެއިން ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުން ވަގުތުން ދޫކޮށްލުމަށް ވެސް ވަނީ ގޮވާލެއްވި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ޓްވީޓްތަކުން ވެސް ފެންނަނި ވަރަށް އަނިޔާވެރި ކަމާއި އެކީ އިދިކޮޅު ފަރާތްތައް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ދާ މަންޒަރުކަން ހީނާ ފާހަގަކުރައްވާފައި ވެއެވެ. އަދި ވެހިކަލުގައި އިދިކޮޅުގެ އަންހެނުން ގެންދިޔައިރު 2 ފިރިހެން ފުލުހުން އެމީހުންގެ ބުރަކަށި މައްޗަށް ފައިން އަރައިގެން ތިބި ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: