ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ކޮވިޑުގެ އެންމެ ގިނަ ކޭސް ރިޕޯޓު ކުރީ މިދިޔަ ހަފްތާގައި: ޑަބްލިއުއެޗްއޯ

އާ ވޭރިއަންޓުގެ ސަބަބުން ގިނަ ގައުމުތަކުގެ ކޮވިޑުގެ ހާލަތު ވަނީ ގޯސްވެފައި/ ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 ގެ ބަލިމަޑުކަަން ފެށުނުފަހުން މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހަފްތާގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ޓްވިޓާގައި އާއްމުކުރި ވީޑިއޯއެއްގައި ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ފާއިތުވި ހަފްތާ ތެރޭގައި ކަމަށެވެ. އަދި ރައްޔިތުންނަސް ވެކްސިން ނުލިބުމަކީ އިންސާނުންނަށް މިއަދު އޮތް ބޮޑު ހުރަހެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ވީޑިއޯގައި އޭނާ ބުނެފައިވަނީ ކޮވިޑުގެ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޮން ޑެލްޓާ ވޭރިއެންޓަށް ވުރެ ނުރައްކާތެރިކަންކުޑަ ކަމަށެވެ. ހާއްސަކޮށް ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުންނަށް އޮތް ނުރައްކަލަކަށް ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭގެ މާނައަކީ މިއީ ސީރިއަސް ނުން އެއްޗެެއްކަމުގައި ލޭބެލް ކުރުން ނޫން ކަމުގައި ޓެޑްރޮސް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތައް ފުރި ބާރުވަމުން އަންނަ އިރު މި ހޮސްޕިޓަލްތައް އޮޕަރޭތް ކުރަމުން ދަނީ މަދު މުވައްޒަފުންނާއި އެކު ކަމަށް ވެސް ޓެޑްރޮސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މަރުތައް އިތުރު ވެދާނެ ކަމަށާއި، ކޮވިޑުގެ އިތުރުން އެހެން ބަލިތަކާއި އަނިޔާތަކަށް ފަރުވާ ދިނުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހޭނެ ކަމުގައިވެސް ފާހަގަކުރެއްވިއެވެ. ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މަދު މުވައްޒަފުންނާއި އެކު މަސައްކަތް ކުރެވުމަކީ ހިދުމަތް ދިނުމުގައި ފެންވަރު ދަށް ވެދާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޓެޑްރޮސް ވަނީ ވެކްސިންގެ އިތުރުން އާއްމު ސިއްހަތާއި ބެހޭ ގަވާއިދުގައި ހިމެނޭ މާސްކު އެޅުމާއި ގާތް ދުރުކަން އިސްކުރުމުގެ އިތުރުން، އާއްމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ ބަލި ފެތުރޭ މިންވަރު ކުދަ ކުރުމަށް އެޅުން މުހިންމު ފިޔަވަޅުތައް ކަމުގައި ފާހަގަކުރައްވާފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެއްޖެނަމަ އެކަށީގެންވަ ގޮތެއްގައި ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިވެ، އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ދަތިތަކާއި ކުރިމަތިވާނެކަން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު އެކަން ތަކުރާރުނުވާނެ ފަދަ އުސޫލުތަކެއް އެޅުމަށްވެސް ގިނަބަަޔަކު އަންނަނީ ގޮވާލަމުންނެވެ.

ސަރުކާރުން ވަނީ ފުރަބަންދުކުރުމަކާއި ނުލައި އަދި ވިޔަފާރިތަކަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކޮވިޑް މެނޭޖްކުރުމަށް މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: