ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވެރިކަމުގައި މިހާރު ލިބޭހެން ބޭނުން އެއްޗެއް ކިޔާކަށް ފުރުސަތެއް ނުލިބޭނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބޭނުން ގޮތަަކަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބުނު ކަމުގައިވިޔަސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންނަށް އެފުރުސަތު ނުލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރަށް ބޭނުން އެއްޗެއް ކިޔުމުގެ ފުރުސަތު މިވެރިކަމުގައި ރައްޔިތުންނަށް ދީފައިވާ ކަމަށެވެ. އަދި އިދިކޮޅުގެ ނުވަތަ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިންވެދާނެތޯ ފައްޔާޒް ވަނީ ސުވާލު އުފައްދަވާފއެވެ.

ފައްޔާޒް ވިދާޅުވީ އިދިކޮޅުން ކިޔަން ބޭނުންވާ އެއްޗެއް ކިޔުމަށްވެސް ސަރުކާރުން އޮތީ ތަންމިނަށް ޖާގަ ދީފައިކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަަށް ވަޑައިގަންނަވާ ކަމަށާއި ހުރިހާ ކުލައެއްގެ ފިކުރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާގޮތަސް ސިޔާސަތުތަކަށް ބަދަލު ގެންނަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ ލާމަރުކަޒީ އުސޫލު އެންމެ ފުރަތަމަ ހުށައެޅުމުން އެކަން ހަލާކުކޮށްލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އަދި ނިމިދިޔަ އަނިޔާވެރި ވެރިކަމުގައި ކައުންސިލްތަކާއިމެދު އަމަލުކުރި ގޮތްވެސް ރައްޔިތުން ހަނދާން ހުންނާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ބޭފުޅާ މިހާރު ހުންނެވީ މާލެ ސިޓީ ކައުންސިލާއި ހަވާލުވެވަޑައިގެން ކަމަށާއި މިހާރު ކުރަމުންދަނީ މާލެ ހަލާކުކުރުމުގެ މަސައްކަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅައިލާ، ރަށުގެ ބަނދަރު ބޮޑުކުރުން ފަދަ ކަންކަމަކީ ޕީޕީއެމްގެ ވެރިކަމެއްގައި ކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމްއިން ބޭނުންވާނީ އިތުރު 7000 ކޮތަރު ކޮށި ހަދައި، އެތަނަށް މީހުން ވައްދައި ކޮމަންޑޫ ސިޓީ ކިޔުމަށްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދެވަނަ ފަހަރަަށް ލަނޑެއް ލިބުނަދީގެން ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުން މިކަމާއިމެދު ވިސްނަންޖެހޭކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތުމުން އިދިކޮޅުން ރައްޔިތުންގެ އިހުސާސްތަކާއި ކުޅެ ދައްކާ ހުރިހާ ވާހަކައެއް ގަބޫލުކުރުމުގެ ކުރިން ޕީޕީއެމްއަކީ ބަދަލުނުވާނެ ޕާޓީއެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: