ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުންވެސް އޮމިކްރޮންގެ ކޭސްތަކެއް، ޖުމްލަ 27 ކޭސް!

އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ - ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުންވެސް އޮމިކްރޮންގެ ކޭސްތަކެއް ފެނިފައިވާ ކަމަށާއި ރާއްޖެއިން މިހާތަނަށް އޮމިކްރޮންގެ ޖުމްލަ 27 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ، މާލެއިންވެސް އޮމިކްރިންގެ ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ކ. މާފުށިންނާއި ދ. ކުޑަހުވަދޫއިންވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ މިހާތަނަށް އައިއިރު އޮމިކްރޮންގެ ވޭރިއަންޓް ޖުމްލަ 19 ފަތުރުވެރިއެއްގެ ގައިން އަދި 8 ދިވެއްސެއްގެ ގައިން ފެނިފައިވާ ކަމަށެވެ. އެ 8 ދިވެހިންގެ ކޭސްއަކީ މާލެ ސަރަހައްދުން އޮމިކްރޮންގެ ހަތަރު ކޭސް، މާފުށިން އޮމިކްރިންގެ ތިން ކޭސް އަދި ކުޑަހުވަދޫއިން އެއް ކޭސްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އިއްޔެ ލިބުނު ނަތީޖާތަކުގެ ތެރެއިންވެސް 7 ކޭސްއަކީ އޮމިކްރޮންގެ ކޭސްތަކެއްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށިއިރު ފިޔަވަޅުތައްވެސް އޮތީ ވަރުގަދަކޮށް ކަމަށާއި އޭރު ދަތުރުކުރުމުގައިވެސް ރެސްޓްރިކްޝަންތަކެއް ހުރިކަމަށެވެ. ޑެލްޓާ ވޭވް ފެތުރިގެންދިޔައީ މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދަށް ނަމަވެސް، އޮމިކްރޮން ވޭރިއަންޓް މުޅި ރާއްޖެއަށް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ވަރުގަދަކޮށް، ހިޔުމަން ރިސޯސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އޮތް ޙާލަތުން އަރައިގަތުމަށްވެސް އާންމުންގެ އެއްބާރުލުން ބޭނުންވާކަން ޑރ ނަަޒްލާ ފާހަގަކުރެއްވިއެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނަމުން އައީ އޮމިކްރޮން ވޭރިއަންޓްގެ ފެނިފައިވަނީ 5 ކޭސް ކަމަށެވެ. އެފަސް މީހުންނަކީވެސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނެވެ. އޭގެ ފަހުން މިއަދާއި ހަމައަށް އައިއިރު އޮމިކްރޮންގެ އިތުރު ކޭސްތަކެއް ފެނުންކަންވެސް އަދި މާލެ ސަރަހައްދުން އޮމިކްރޮންގެ ކޭސްތަކެއް ފެނުންކަންވެސް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: