ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލަށްލީ މުއްދަތުގެ އިނާޔަތްތަކުގެ ގޮތުގައި ރައީސް ޔާމީނަށް 2.5 މިލިއަން ރުފިޔާ!

ކޯޓުގައި ކުރިޔަށް ގެންދާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނައުން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން މަންފާ ނެންގެވިކަމުގެ ތުހުމަތަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ހުކުމެއް އިއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމަށް އިނާޔާތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ދީފި އެވެ.

ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލު ކުރުމުން ރައީސް ޔާމީން ހުށަހެޅުއްވީ ޖަލުގައި ހޭދަ ކުރެއްވި ދެ އަހަރު ދުވަހަށް ނުލިބިވާ ކުރީގެ ރައީސުންނަށް ދޭ އިނާޔާތްތައް ދިނުމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު ލިބެންޖެހޭ 50،000 ރުފިޔާ އާއި، ދިރިއުޅޭ ތަނުގެ ހަރަދެއްގެ ގޮތުގައި މަހަކު ލިބެންޖެހޭ 50،000 ރުފިޔާ އެވެ.

މީޑިއާތަކަށް ފިނޭންސް މިނިސްޓްރީން ބުނީ، ރައީސް ޔާމީނަށް ލިބެންޖެހޭ ޖުމްލަ 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް، ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރިއިރު 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން އޮތީ ފާސްކުރައްވާފަ އެވެ. އެހެންވެ ރައީސް ޔާމީންގެ އިނާޔާތްތަކަށް ކޮންޓިންޖެންސީ ބަޖެޓުން ހަތަރު މިލިއަން ރުފިޔާ ހަމަޖެއްސި އެވެ.

ގާނޫނުގައި ވާ ގޮތުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ.

ދިވެހި ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުން، ދައުލަތުން ދޭ އިނާޔަތްތައް އިޔާދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލައްބިޔައްތުން ފާސްކުރީ 2019 ގަ އެވެ. ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން ދައުލަތުން ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ވަކި މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލުމަށް ފާސްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެއެވެ.

އޭރުގެ ރައީސް، ޔާމީން ތަސްދީގު ކުރެއްވި އިސްލާހުގައި ބުނެފައިވާގޮތުން “ރައީސްކަން ކުރެއްވި ފަރާތަކަށް ޖިނާއީ ކުށެއް ކުރިކަން ​ސާބިތުވެއްޖެނަމަ، އެ ވަގުތުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ/ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމެއް އަދި އިނާޔަތެއް ވެސް ނުލިބޭނެ” އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: