ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ހަރަކާތަށް ރައީސް ޔާމީން މާދަމާ ދުވާފަރަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން / ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް“ ހަރަކާތުގައި ބައިވެރިވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމް އިން ބުނީ ދުވާފަރުގައި ހިންގާ “އިންޑިއާ އައުޓް” ކެމްޕޭންގައި ބައިވެރިވުމަށް ރައީސް ޔާމީން މާދަމާ އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

ގޭގެ ފާރުތަކުގައިވެސް “އިންޑިއާ އައުޓް” ޖެހުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ގޮވާލެއްވީ މިމަހު 14ގައި ށ. ފުނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީންގެ އެ ގޮވާލުމާއި އެއްގޮތަށް ރ. ދުވާފަރުގެ ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހުމުގެ ކަންކަން ފޯރިއާއެކު ދަނީ ކުރިއަށެވެ.

އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާވެ، ބޮޑުކޮށް ކުރިއަށް ގެންދަން ފެށީ ރައީސް ޔާމީން ޖަލުން މިނިވަންވުމަށްފަހުއެވެ. ރައީސް ޔާމީން ގެންދަވަނީ މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް ކުޑަވެސް ޖާގައެއް ނުދޭނެކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެހަރަކާތް ހިންގަން ޖާގަ ނުދޭނެކަމަށެވެ.

ވަރަށް ގަދަ
95%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 1%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: