ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

14 ރަށެއް މޮނިޓަރިން ހާލަތުގައި

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 14 ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގައި އެބައޮތްކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވާން ފަށައި މިވަގުތު އޮތީ ރެޑް އެލާޓުގައެވެ. ދުވާކެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސް، ހޮސްޕިޓަލާއި އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް ވަނީ މަތިވެފައެވެ.

މިވަގުތު މޮނިތަރިންގެ ހާލަތުގައި އޮތް 14 ރަށަށް ބަލައިލާއިރު ކ އަތޮޅާއި ބ އަތޮޅާއި ލ އަތޮޅުގެ ދެރަށް އަދި ހދ އަތޮޅުގެ ތިން ރަށް ހިމެނެއެވެ. މިވަގުތު އެންމެ ގިނަ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތީ ހދ އަތޮޅުގައެވެ.

ކ އަތޮޅުން މާފުށި އަދި ގުރައިދޫ މޮނިޓަރިން ހާލަތުގައި އޮތް އިރު ހއ އިހަވަންދޫ، ހދ އަތޮޅުން ނެއްލައިދޫ، ނޮޅިވަރަމްފަރު އަދި ހަނިމާދޫ އޮތީ މޮނިޓަރިން ހާލަތުގައެވެ. ލ އަތޮޅު ފޮނަދޫ އާއި ގަން މޮނިޓަރިން ހާލަތުގައި އޮތްއިރު ބ އަތޮޅު ދަރަވަންދޫ އަދި އޭދަފުށިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މީގެ އިތުރުން ށ ފުނަދޫ، ދ. ބަނޑިދޫ، ރ އުނގޫފާރު އަދި ގދ ގައްދޫވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

އެންމެ ފަހުން މޮނިޓަރިންއަށް ލާފައިވަނީ ކ ގުރައިދޫއާއި ބ އޭދަފުށްޓެވެ. އެއީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެންމެ ގިނަ ދުވަހު މޮނިޓަރިން ހާލަތުގައި މިހާރު އޮތް ރަށްތަކުގެ ގޮތުގައި ފާހަގަކުރެވެނީ ކ މާފުށްޓާއި ހއ އިހަވަންދޫއެވެ.

މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގެ ތެރެއިންވެސް ބައެއް ރަށްތައް މިވަގުތު އަނެއްކާވެސް ކޮވިޑްގެ ހާލަތު ވަނީ ގޯސްވާން ފަށާފައެވެ. އެގޮތުން އައްޑޫ ސިޓީއާއި ހއ ދިއްދޫގެ ހާލަތު ގޯސްވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އައްޑޫ ސިޓީގެ ހާލަތަށް ބަލައިލާއިރު މިވަގުތުވެސް އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 531 ކޭސް އެބައޮތެވެ. އިއްޔެވެސް އަލަށް 123 ކޭސް ފެނިފައިވާއިރު އައްޑޫ ސިޓީއަކީ މާލެ ސިޓީއަށްފަހު ދެން ކޮވިޑްގެ ހާލަތު އެންމެ ގޯސްކަމަށް އަބަދުވެސް ފާހަގަކުރެވޭ ހިސާބެވެ. ހުސްވިއަހަރުގެވެސް ބޮޑުބައެއް އައްޑޫ ސިޓީ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި ވަރުގަދަ ފިޔަވަޅުތަކެއްގައި ހޭދަކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ހއ ދިއްދޫގެ ހާލަތުވެސް އަންނަނީ ގޯސްވަމުންނެވެ. ޖުމްލަކޮށް މުޅި ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނައިރުވެސް މިކަމާއި ދެކޮޅަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: