ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު މިހާތަނަށް 82،478 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

އަހަރު ފެށުނު ފަހުން ރާއްޖެއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 80،000 އަށްވުރެއް މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށްވަނީ 82،478 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވެފައިވާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4341 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރެއެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 16،616 ފަތުރުވެރިން އައިސްފައިވާއިރު އިނގިރޭސިވިލާތުން 7544 ފަތުރުވެރިން، އިޓަލީން 7027 އަދި އިންޑިއާއިން 6،657 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނު، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދިއަރަބިއްޔާ އަދި އޮސްޓްރިއާއިންވެސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖެއަށް މިދިޔަ އަހަރު ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: