ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިކުރާ މިސްކިތް މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް އެސްޖޭއިން ފޭސް ދޭއްގައި މިސްކިތެއް އަޅަނީ!

ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތެއް އިމާރާތް ކުރުމަށް ދީފައިވާ 30 މިލިޔަން ރުފިޔާގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއި އެކު އިސްލާމިކް މިނިސްޓްރީން ސޮއިކުރުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތެއް އިމާރާތް ކުރުމަށް ދީފައިވާ 30 މިލިޔަން ރުފިޔާގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތް ކުރުމަށް ސެޓްލްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި އެގްރިމެންޓުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980 ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި ޒިކުރާ މިސްކިތުގެ އާ އިމާރާތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 25 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައެވެ.

އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. އަދި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެސްޖޭއަށް ދީފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެކު ރައީސް ޔާމީންގެ ސަރުކާރުން ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން 2019 ގައި މައްސަލަ ކޯޓަށް ވެސް ވެއްދި އެވެ. އޭގެ ފަހުން ދައުލަތުން ބޭނުންވީ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރާށެވެ. އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފައާއި އެކު މައްސަލަ ހައްލުކޮށް، އެގްރިމަންޓު ހަދާފައިވަނީ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަނަށް ވުރެ އިތުރަށް ހިނގާ ހަރަދުތައް އެސްޖޭގެ ސީއެސްއާރުގެ ގޮތުގައި ކުރިޔަށް ގެންދާ ގޮތަށެވެ.

މިއީ 3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި ޒިކްރާ މިސްކިތުގެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: