ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ ހައުސިން މަޝްރޫއުގައި އެސްޖޭ ބިޑު ހިމަނަން ކުރި ހުކުމް ހައިކޯޓަށް!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑު ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހަނިމާދޫގައި އަޅަން ފަށާފައިވާ 48 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް އަދި އަލަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ 52 ހައުސިން ޔުނިޓުގެ ޑިޒައިންގެ މަސައްކަތަށް ހައުސިން މިނިސްޓްރީން 2021، ޖުލައި 18 ގައި ހަވާލު ކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލު ކުރި އިރު އެސްޖޭ އާއި އެސްޖޭ ޓްރޭޑާސްއިން ހުށަހެޅި ޖޮއިންޓު ބިޑު އިވެލުއޭޓްކޮށްފައި ނުވެ އެވެ. އެ ބިޑު އިވެލުއޭޓް ނުކުރީ ކުންފުނީގެ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަންޓް ހަމަނުވާކަމަށް ބުނެ އެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެސްޖޭގެ ބިޑު އިވެލުއޭޓް ނުކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން އަދިވެސް ބުނަމުން ދަނީ އެސްޖޭގެ ފައިނޭންޝިއަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަޓް ހަމަނުވާ ވާހަކަތައް ކަމަށެވެ. ނަމަވެސް އެސްޖޭގެ ފައިނޭންޝިއަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކިއާމަންޓު ފުރިހަމަވެފައިވާކަމަށް ބަލައިގެން ބިޑުތައް އިވަލުއޭޓު ކުރުމުން އެސްޖޭގެ ބިޑަކީ އެއީ އެންމެ ރަނގަޅު ބިޑަށް ވާނެކަމަށް އެސްޖޭއިން ފާހަގަކުރާ ނުކުތާ އެއީ ދައުލަތުން ދެކޮޅު ހަދާ ނުކުތާއެއް ނޫންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މި ސަބަބުތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން މައްސަލައިގައި ހުކުމް ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އެސްޖޭ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަކީ ފައިނޭންޝިއަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަންޓު ފުރިހަމަވެފައިވާ ބިޑެއްކަމަށް ބަލައިގެން، 02 ޖެނުއަރީ 2022 އިން ފެށިގެން 20 ދުވަހުގެ ތެރޭގައި ކުންފުނީގެ ބިޑު ރީ އިވެލުއޭޓުކޮށް މިހާރު އިވެލުއޭޓު ކުރަން ނިންމާފައިވާ ބިޑުތަކާއި، ދައުވާ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތަކަށް ބޮޑު އެވޯޑު ކުރުމަށެވެ.

ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއު އެކެވެ. މައްސަލަ އޮތީ ކޯޓުގައިކަމުން ދޮންބޭޒް ކުންފުނިން ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: