ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުގެ ކުނި ނެގުމުގެ ޚިދުމަތަށް ބިލު ނުކުރާނެ

ކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުގެ ކުނި ނެގުމުގެ ޚިދުމަތަށް ބިލުނުކުރުމަށް ވަނީ ނިންމާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުގެ ކުނި ނެގުމުގެ ޚިދުމަތަށް ބިލު ނުކުރާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައްޔިތުން އާބާދުވަމުންދާ މިންވަރަށް ބަލައި، މިމުއްދަތުގައި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިވަގުތު ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބިލުނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ވެމްކޯއިން ބުނީ މިހާތަނަށް ކޮންމެ ދުވަހަކުވެސް އެސަރަހައްދުގައި ބަހައްޓާފައި ހުންނަ 100އެއްހާ ޑަސްބިނުން ކުނި އުކަމުން އަންނަކަމަށެވެ.

ވެމްކޯގެ ކުރިން ހިޔާ ފްލެޓްތަކުގެ ސަރަހައްދުން ކުނި އުކަމުންދިޔައީ އެޗްޑީސީ މެދުވެރިކޮށެވެ. އެއަށްފަހު ވެމްކޯއިން އެމަސައްކަތާއި ހަވާލުވެ، މިހާތަނާއި ޖެހެންދެންވެސް ވެމްކޯއިން އެހިދުމަތް ފޯރުކޮށްދެމުން ދިޔައީ އަގެއް ނެގުމަކާއި ނުލައެވެ.

ކުނި ގިނަވުމަކީ ހިޔާ ފްލެތް ސަރަހައްދުގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ކުނި އުކާލެވޭނެ ގޮތެއް ނެތި އެތައް ދުވަސްތަކެއް ވަންދެންވެސް ތިބިއިރު އެސަރަހައްދުގައި އަދިވެސް ކުނިފުނި އުފެދޭ ހާލަތަށް ކަންތައް ދެއެވެ. އަދި ކުނިތަކުގައި ރޯވުންފަދަ ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.

ދާދިފަހުންވެސް ހިޔާ ފްލެޓް ސަރަހައްދުތައް ސާފުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން 24 ޓަނުގެ ކުނިވަނީ އެސަރަހައްދުން ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: