ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ ލެބޯޓްރީ އޯޕީޑީގެ ހިދުމަތްތަށް ދެމުންގެންދާ ވަގުތުތަކަށް ބަދަލުތަކެއް!

އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށް ބަޔަކު މަޑުކޮށްލައިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިވަގުތު ކޮވިޑު-19 ގެ ބަލިމަޑުކަން ހަލުވިކަމާއި އެކު ފެތުރެމުންދާތީ އައިޖީއެމްއެޗްގެ ލެބޯޓްރީ އޯޕީޑީގެ ހިދުމަތްތަށް ދެމުންގެންދާ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.

އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން މި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލްގެ ލެބޯޓްރީ އޯޕީޑީގައި ލޭ ނެގުމުގެ ޚިދްމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 12:00 އަށެވެ.

އަދި ދުވާލަކަށް 100 ނަމްބަރު ހޮސްޕިޓަލުންނާއި 100 ނަމްބަރު އޮންލައިންކޮށް ދޫކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޚިދުމަތް ހޯއްދެވުމުގައި ދިމާވެދާނެ ދަތިތަކަށް އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ވެއެވެ.

މީގެ އިތުރުން މިފަހަކަށް އައިސް މާލެ ސަރަހައްދުން ވަކިން ހާއްސަކޮށް މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފަ އެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ މާސްކް އެޅުން މަޖުބޫރުކޮށް ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް މާސްކު އެޅުން މަޖުބޫރު ކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގައި ޕީސީއާރު ޓެސްޓް ހެދުުމާއި އިޖްތިމާއީ ގައިދުރުކަން އާންމުންގެ މެދުގައި ދެމެހެއްޓުމާއި ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސް ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: