ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” އަށް އަމާޒުކޮށް ބިލެއް، އަދަބުތަކުގެ ތެރޭގައި ޖަލު ހުކުމް!

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ކުރިޔަށް ގެންދާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމުގައިވާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

މި ބިލުގެ ކޮޕީއެއް “ސަންގު” އަށް ލިބިފައިވާއިރު، އެމްޑީޕީގެ މެމްބަރަކު މި ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހަފްތާގައި މަޖިލީސް ހުޅުވުމާއި އެކު ބިލު ތަޅުމަށް ހުށަހަޅާނެ ކަމަށެވެ. އަދި ބިލަށް އެމްޑީޕީ މެމްބަރުންގެ ތާއީދު އެބައޮތްކަމަށް ވިދާޅުވި އެވެ.

ބިލުގައިވާ ގޮތުން ދިވެހިރާއްޖެއިން ހާރިޖީ ގުޅުންތައް ގާއިމްކޮށްފައިވާ ޤައުމުތަކުގެ ޢިއްޒަތާއި ގަދަރު ކުޑަވާނެ ފަދަ ގޮތަކަށް ސިޔާސީ ހަރަކާތާއި އެނޫންވެސް ހަރަކާތްތައް ހިންގުމުން ދިވެހިރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުން މުހިންމެވެ. އަދި ގައުމުތަކާއި މެދު ނަފްރަތު އުފައްދާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅޭ އުސޫލުތައް ހިމަނާފައިވާ ބިލަށް ކިޔަނީ “ދިވެހިރާއްޖެ އިން ބޭރު ގައުމުތަކާއި އެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގާނޫނު” އެވެ.

މިފަދަ ގާނޫނެއް އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި:

ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމާއި، އެފަދަ އަމަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ގައުމު ސަލާމަތްކުރުމާއި އެކު ބޭރު ޤައުމުތަކުގެ ޢިއްޒަތާއި ޤަދަރަށް ބުރޫއަރާފާނެ އެންމެހައި އަމަލުތައްކުރުން ހުއްޓުވުން ހިމެނެ އެވެ. އަދި ބޭރުގެ ގައުމުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި މެދު އަޅާނެ ގާނޫނީ ފިޔަވަޅު ކަނޑައެޅުމާއި ކަނޑައެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ އަދަބު ދިނުން ހިމެނެއެވެ.

އެގޮތުން ދިވެހިރާއްޖެ އިން ބޭރުގެ ގައުމަކާއިއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކުރާނެ ފަދަ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަ ބޮޑު މިނަށް ބަލައި ގިނަވެގެން 20،000 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

މި ބިލާއި ގުޅިގެން ބައެއް އިދިކޮޅު މެމްބަރުން ސިފަކުރަނީ މިއީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށާއި މިބިލުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި އެހައްގު ނިގުޅައިގަނެވިގެން ދާކަމަށެވެ. އަދި ގައުމަށް ޣައްދާރުވެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ގައުމަށް ލޯ އަޅަމުންދާ ފަރާތްތަކަށް ހުޅުވާލެވުނު ދޮރެއްކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: