ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް މިއަހަރު ބޮޑުކުރާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް މިއަހަރުގެ ތެރޭގައި ބޮޑުކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއހަރުގެ ރިޔާސީ ބަޔާން އިއްވައި ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާއި ތަފްސީލު އެނގޭ ޤައުމީ ދަފްތަރެއް ނެތްކަމަށެވެ. މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާއި ރީހެބިލިޓޭޝަން އަދި ތެރަޕީއާއި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަސީލަތެއް ކަމުގައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަފްތަރު ނިންމައި، މި އަހަރުގެ ފަހު ކުއާރޓަރގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

“ޤައުމިއްޔަތުގެ މައިވަންތަ އުނގުގައި، ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ރައްޔިތެއް” ރައީސް

ރައީސް ވިދާޅުވީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގެ ސިއްހީ އަދި ތަޢުލީމީ ދާއިރާއިން ރާއްޖޭގައި މިންތީގެ ފަރަޤު ބޮޑުތަނުން ކުޑަކުރެވިފައިވީނަމަވެސް، ސިޔާސީ އަދި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަމާއި، ދެވޭ ޚިދުމަތް ހަރުދަނާކޮށް، ޢާއިލީ ވެށީގެ ބައްޓަން، އެކުދިންނާ ކައިރިކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މުރާޖަޢާކޮށް ހަރުދަނާ ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެކުދިން ތިބޭ ތަނާއި، އެ މާޙައުލާއި، ހިނގާފާނެ ކަމެއްގެ މައްޗަށް ތިންވަނަ ލޮލެއް ބޭނުންވާކަމަށާއި ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި، ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖުތިމާޢީ ޢާއިލީ ވެށްޓެއް ހޯދައިދިނުމުގެ ފިޔަވަޅުތަކެއް، ސަރުކާރުން އަޅަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

“ކުރިން ތިބި ގޮތަށްވުރެ ހިތްހަމަޖެހޭ، ރަނގަޅު، ރައްކާތެރި ގޮތްތައް އެކުދިންނަށް މިގެންދަނީ އިރާދަކުރެއްވިއްޔާ ހޯދައިދެމުން.” ރައީސް

މީގެ އިތުރުރން ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ތިން މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފާވަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިފަދަ ސެންޓަރުތަކެއް  ރ. އުނގޫފާރާއި، ހުޅުމާލެ އަދި ސ. ހިތަދޫ މަރުކަޒުގައި ގާއިމްކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: