ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

82،000 އަށް ވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހައިފި

ވެކްސިން ޖެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާތަނަށް 82،000 އަށް ވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވާ ތަފާހިސާބުތައް ދައްކާ ގޮތުގައި، އިއްޔެ އިރުއޮއްސި 06:00 އާއި ހަމައަށް 82،091 މީހަކު ބޫސްޓާރ ޑޯޒް ޖަހާފައި ވެއެވެ.

އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިންގެ ފުރަަތަމަ ޑޯޒް ފުރިހަމަކޮށްފައިވީ ނަމަވެސް، އަދިވެސް ކޮންމެވެސް ވަރަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ބައެއް މީހުން ދަނީ ފުރިހަމަ ކުރަމުންނެވެ. 397،740 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ދެވަނަ ޑޯޒް ޖަހާފައި ވަނީ 370،052 މީހުންނެވެ،

އެޗްޕީއޭއިން ދަނީ ކޮވިޑު ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންނެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށް، 06 މަސްވެފައި ވާނަމަ ބޫސްޓާރ ޖެހުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގައި އިއްޔެ އެކަނި ވެސް 3،724 މީހަކު ބޫސްޓާރ ޑޯޒް ފުރިހަމަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: