ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯރިގަދަ ކެމްޕެއިނެއް، ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް!

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ.

ވޯޓުގެ ނަތީޖާތައް ދައްކާގޮތުގައި، އެމްޑީޕީން ގޮނޑިއަށް ވާދަކުރެއްވި މުހައްމަދު ރާޝިދަށް ލިބިވަޑައިގަތީ 809 ވޯޓެވ. އަދި ޕީޕީއެމްއިން ވާދަކުރެއްވި މޫސާ ފަތުހީއަށް 551 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްއެންޕީން ވާދަކުރި އަބްދުލްހަންނާން އިދްރީސަށް ލިބިވަޑައިގަތީ 151 ވޯޓެވެ.

އެމްޑީޕީން ގޮނޑި ކާމިޔާބުކޮށް، ދާއިރާގެ ރަށްތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވަނީ ފަށާފަ އެވެ. އެމްޑީޕީން މި ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރުން ވަނީ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގާފަ އެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ބުނެ އިދިކޮޅުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ވެސް ހުށަހެޅި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: