ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމަލީ މަސައްކަތައް ނުކުރޭ، ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް ކުރީ މަލާމާތް: މުއިއްޒު

ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެއްވެސް ކަހަލަ އަމަލީ މަސައްކަތެއް ކުރިއަށް ނުގެންދާކަމަށާއި ކުރާ ހަމައެކަނި ކަމަކީ ޕީއާރް ޖެއްސުންކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރައީސް އިއްވި ރިޔާސީ ބަޔާނަށް އަލިއަޅުއްވާލައްވައި މުއިއްޒު ވިދާޅުވީ މިއަހަރު އިއްވި ރިޔާސީ ބަޔާނަކީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. ސަރުކާރަށް މިހާތަނަށް އައިއިރު އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި މީހުންގެ ވިސްނުމާއި ކަންކަމުގައި އާންމުން ދެކޭ ގޮތް ބަދަލުކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ސަރުކާރަށް ކުރެވިފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް ކަމެއްގައި ހަގީގީ ނަތީޖާއެއް ނެރެވޭ މިންވަރަކަށް މަސައްކަތް ކުރެވިފައިނެތް ކަމަށެވެ. މާލެސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށްވާއިރު ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަތަކަކީވެސް ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މާލެ ސިޓީގެ ރައްޔިތުން ނިކަމެތި ހާލެއްގައި ތިބިއިރު ހުޅުމާލެއިންނާއި ގުޅިފަޅުން 1000 ގޯތި ދޭން ވައުދުވުމަކީ މާލެ ސިޓީގެ ރައްޔިތުންނަށް ކުރެއްވި މަލާމާތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ވިޔަފާރިވެރިންނަށް ނުވަތަ މުއްސަނދިންނަށް ގޯތި ވިއްކުމަށްފަހުވެސް ހުޅުމާލެއިން 1000 ގޯއްޗަށްވުރެ ގިނައިން އާންމުންނަށް ދޫކުރެވޭނެކަމަށް ދައްކަވާ ވާހަކަފުޅު މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.

ހަމައެގޮތަށް ގުޅިފަޅުންވެސް 2000 ގޯތީގެ ބަދަލުގައި މަދުވެގެން ދިހަހާހެއްހާ ގޯތި ދޫކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ގުޅީފަޅަކީ 280 ހެކްޓަރުގެ ބިމެއް ކަމަށާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށްފިނަމަ މަދުވެގެން 10،000 ގޯތި ދޫކުރުމަށްފަހު 25ހާހެެއްހާ ފްލެޓުގެ ޖާގަ އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރަށް ބޭނުންވާ އެހެން ހިދުމަތްތައް ގާއިމްކޮށް ރަނގަޅު ރެޒިޑެންޝަލް ސަރަހައްދެއް ގުޅިފަޅުގައި ގާއިމްކުރެވޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“މުއްސަނދިންނަށް ގޯތި ވިއްކުމަށްފަހުވެސް އެތެރެ މަގުގައި ހުރި ބްލޮކްތަކުން 4000އެއްހާ ގޯތި ދޫކުރެވޭނެ. އެ 4000 ގޯތީގެ ތެރެއިން ފުރަތަމަ ފިޔަވަހިންވެސް 500 ގޯތި ހަމަޖެއްސޭނެ.” ޑރ މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވެ މުއިއްޒު ވިދާޅުވީ މީގެ ކުރިން އިއްވި ރިޔާސީ ބަޔާންތަކުގައި ދެމުން އައި އަދަދުތަކާއި މިއަހަރު ދެއްވި އަދަދުތަކާއި ދިމާނުވާކަމަށެވެ. ތިން އަހަރުގެ ރިޔާސީ ބަޔާނުގައި އަދަދުތައް ދިމާނުވާ ކަމަށާއި އެއިން ދޭހަވަނީ ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތްކަންކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ އެއްވެސް އަމާޒެއް ނެތްކަމަށާއި ރިޔާސީ ބަޔާނުގައި އެއްވެސް ތަސައްވުރެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ހިޔާލީ ފޮލާ ވާހަކަތަކެއްގެ ގޮތުގައި މުއިއްޒު ސިފަކުރެއްވިއެވެ.

ރިޔާސް ބަޔާން އިއްވަވަމުން ރައީސް ވަނީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަން އިއުލާންކުރައްވާފައެވެ. މިމަސައްކަތް މިއަހަރުގެ ޖޫންގައި ފަށާނެކަމަށާއި ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2000 ގޯތި މާލޭގެ ރަށްވެހިންނަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: