ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭއިން މަޖިލީހަށް

ގދ. ތިނަދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިޓީއެއް ހުށައަޅައިފިއެވެ.

އެލްޖީއޭއިން މަޖިލީހުގެ އިދާރާއަށް މިސިޓީ ފޮނުވާފައިމިވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އެދުމުގެ މަތިންނެވެ. ސިޓީގައި އެލްޖީއޭއިން އެދިފައިވަނީ މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެލްޖީއޭއާއި ލާމަރުކަޒީ ކޮމެޓީއާއެކު ބައްދަލުވުމެއް ބޭއްވުމަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ސޮއިކުރައްވާ ފޮނުވި ސިޓީގައި ވަނީ އެއޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ތިނަދޫ ކައުންސިލުން “ތިނަދޫ ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް” އެދި ހުށައަޅާފައިވާކަމަށެވެ. އަދި މިމައްސަލައަށް ހައްލެއް ގެންނަން ބޭނުންވަނީ ލާމަރުކަޒީ ކޮމެޓީއާއި ބައްދަލުކުރުމަށްފަހުކަމަށް ވަނީ ވިދާޅުވެފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ނުދިނުމާއިމެދު ގޮތެއް ނިންމުމުގެ ކަންކަން އެލްޖީއޭއިން ކުރަމުންދާއިރު ތިނަދޫ ކައުންސިލްއިން އަންނަނީ ތިނަދޫއަސް ސިޓީއެއްގެ ދަރަޖަ ދިނުމަށް މަސައްކަތްތައް ކުރުމަށް ގޮވާލައި ވަކާލާތު ކުރަމުންނެވެ. އެގޮތުން ތިނަދޫއަށް ނިސްބަތްނުވާ މީހުންނަށް އެރަށުން ގޯތި ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެކަމަށް އެރަށަށް ނިސްބަތްވާ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ ކައުންސިލަށް އަމާޒުވެފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: