ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ނަރުދަމާގެ މަސައްކަތް ނުހިނގާ އެއްވެސް ރަށެއް މިވަގުތު ނެތް: ޝާހު

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ފެނާއި ނަރުދަމާ މަސައްކަތް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށާއި މިވަގުތުވެސް ރާއްޖޭގެ 31 ރަށެއްގައި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީ އާއި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވިގޮތުގައި މިވަގުތު ހިނގަމުންދާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ޕީއެސްއަައިޕީ އާއި އޮޕެކް ފަންޑްގެ ދަށުން ހިނގާ ބައެއް މަޝްރޫއު އާއި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ފައިސާ ހޯދައިގެން ހިންގަމުން އަންނަ މަޝްރޫއުތަކެވެ.

އެގޮތުން އެމްޑަބްލިއުއެސްސީގެ ފަރާތުން 20 ރަށެއްގައި ކޮންޓްރެކްޓާރ ފައިނޭންސް އުސޫލުން ފައިސާ ހޯދައިގެން މަސައްކަތް ކުރަމުންދާ ކަމުގައި ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވި ގޮތުގައި ގިނަ ޕްރޮޖެކްޓުތަކަކީ ސަބް ކޮންޓްރެކްޓަށް ދޫކޮށްގެން ހިންގާ މަޝްރޫއު ތަކަކަށްވެފައި ކޮންޓްރެކްޓަރާއި އަދި ސަބް ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލުކުރަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.

އަދޮ ރަށުން މުވައްޒަފުން ނަގައިގެން މަސައްކަތްތައް ކުރާއިރު، ސައިޓް އިންޖިނޭރުންނަށް ދިވެހިން ނުލިބިއްޖެ ނަމަ ބޭރުން ސައިޓް އިންޖިނިއަރުން ގެނެސްގެން މަސައްކަތް ކުރަމުންދާ ކަމުގައި ޝާހު ވިދާޅުވި އެވެ.

މަސައްކަތްކުރާއިރު ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ އެކި ކޮމްޕޮނެންޓް ތަކަކަށް ބަހާލައިގެން ކަމަށާއި އޭގެ ތެރޭގައި ފެން އުފައްދާ ފެސިލިޓީ ބިލްޑިންގ އެޅުމާއި ފެނުގެ ނިޒާމް ގާއިމްކުރުމާއި ނަރުދަމާ ނިޒާމް އެޅުމަށް އިއުލާނުކޮށް ތަފާތު އެކި ކުންފުނިތަކާއި ހަވާލުކޮށްގެން މަސައްކަތް ކުރަމުންގެން ދަނީ މުޅި ޕްރޮޖެކްޓް ހުއްޓާ ނުލައި ކުރިއަށްގެންދަން ފަސޭހަވާނެތީ ކަމަށް ޝާހު ވިދާޅުވިއެވެ.

ޕްރޮޖެކްޓް ތައް ނުނިމި ލަސްވަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިނަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށާއި އޭގެތެރޭގައި ހިމެނޭ ގިނަ މެޓީރިއަލްތަކަކީ ރާއްޖޭން ބޭރުން ގެންނަ ތަކެތި  ކަމަށާއި އެތަކެތި ރާއްޖެ އައުމުގައި ލަސްތަކެއް ހުރި ނަމަވެސް އަމާޒަކީ އަވަސް މުސްތަގުބަލެއްގައި މަސައްކަތް ކޮށް ނިންމާ ސަރުކާރާއި ހަވާލު ކުރުންކަން ޝާހު ފާހަގަ ކުރެއްވި އެވެ.

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ 99 އިންސައްތަ ނިމިފައިވާ ކަމަށާއި މިމަހުގެ 22 ވަނަ ދުވަހު އެރަށުގެ ފެނާއި ނަރުދަމާ ކަމިޝަން ކުރުމަށް އެކުންފުންޏާއި ޕްލޭނިންގ މިނިަސްޓްރީ އިން އެރަށަށް ދިއުމަށް ވަނީ ހަމަޖެހިފައި ކަން ޝާހު ފާހަގަކުރެއްވިއެވެ.

އެއަށް ފަހު ކުޑަފަރީ އާއި މާޅެންދޫގެ ފެނާއި ނަރުދަމާ ނިންމާ މި މަހުގެ ތެރޭގައި ސަރުކާރާއި ހަވާލް ކުރެވޭނެ ކަމުގައިވެސް ޝާހު ވިދާޅުވިއެވެ.

ކުޑަ ރަށެއް ނުވަތަ ބޮޑު ރަށަކަށް ބެލުމެއް ނެތި ފެނާއި ނަރުދަމާ ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި އެ ވައުދު ފުއްދުމުގައި އެމްޑަބްލިއުއެސްސީ އޮތީ ސަރުކާރާއި އެކު ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށާއި އެކުންފުންޏާއި ހަވާލްކުރެވޭ އެންމެހައި މަސައްކަތް ކޮށްނިންމާނެ ކަމުގައި ޝާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: