ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019 ފެށީ 2022 ބެކްލޮގް ކޭސްއާއެކު، ބެކްލޮގް ސާފުކުރަން ހިސާންގެ ހުށައެޅުންތަކެއް!

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގައި މަސައްކަތް ފުނިޖެހިފައިވާ އަދަދުތައް މަދުކޮށް މައްސަލަތައް ފުނިޖެހޭ މައްސަލައަށް ހައްލެއް ގެނައުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން ގިނަ ކަންތައްތަކެއް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މައްސަލަތަކުގެ ތާވަލާއި އެއްގޮތަށް އަޑުއެހުންތައް ކުރިއަށްނުދާ މައްސަލާގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި ޖުޑިޝަލް ސާވިސް ކޮމިޝަނާއި ވަނީ ބައްދަލުކޮށްފައެވެ. ޖޭއެއެސްސީގެ ރައީސްގެ ހައިސިއްޔަތުން މިއަދު ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހިސާން ވަނީ ކޯޓުތަކުގައި ގިނަ އަދަދެއްގެ ބެކްލޮގް ކޭސްތައް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ޖިނާއީ މައްސަލަތައް ބެލުމުގައި މިހާރު އަމަލުކުރާ އުސޫލުން ބަލާކަމުގައިވާނަމަ ބެގް ލޮގް ކޭސްތައް ސާފުކުރަން 16 އަހަރު ނަގާނެކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން ބްކްލޮގް ކޭސްތައް ސާފުކުރުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލަންޖެހޭކަން ފާހަގަކުރައްވާ ގިނަ ކަންތައްތަކެއް ވަނީ ހުށައަޅުއްވާފައެވެ.

މިވަގުތު ކްރިމިނަލް ކޯޓުގައި ހުރި ބެކްލޮގްކޭސްތަކުގެ ތަފްސީލް ހިއްސާކުރައްވާ ހިސާން ވިދާޅުވީ 2019ވަނަ އަހަރު ކްރިމިނަލް ކޯޓުން ފެށީ 2022 ބެކްލޮގް ކޭސްއާއިއެކު ކަމަށެވެ. އަދި ބެކްލޮގް ކޭސްތަކުގެ އިތުރުން  ކޯޓަށް އާ މައްސަލަތަކުގެ ގޮތުގައި އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި 900 މައްސަލަ ހުށައެޅޭކަން ފާހަގަކުރެއްވިއެވެ.

“2020 އަދި 2021 ކޮވިޑްގެ ހާލަތާއެކު މަސައްކަތްތައް ކުރުމަށް ވަރަށް އުނދަގޫވި. 2020 ވަނަ އަހަރު ކޯޓުތަކަށް މަސައްކަތްކުރެވުނީ 168 ދުވަހު. 2021 ވަނަ އަހަރު މަސައްކަތްކުރެވުނީ 199 ދުވަހު. އެކި މުއައްސަސާތަކަށް ކޮވިޑްގެ ވޭވްތައް އައީ އެކި ދުވަސްވަރު. ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ޕޮޒިޓިވްވެ މަސައްކަތްތައް ހުއްޓާލަން ޖެހުނު. ޖަލުތައް ލޮކްޑައުން ކުރަން ޖެހުމުން އަޑުއެހުންތަކަށް ގައިދީން ނުގެނެވުނު.” ހިސާން

ހިސާން ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު އެދެވޭ މަސައްކަތެއް ކިރިޔާވެސް ކުރެވެމުން ދަނީ މިހާރުކަމަށެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުގައި ދެތިން ފަނޑިޔާރުން ނުވަތަ ހައެއްކަ ފަނޑިޔާރުންނާއިއެކު މަސައްކަތްކުރި ދުވަސްތަކެއް ދިޔަ ކަމަށާއި އެހެންނަމަވެސް މިހާރު 10 ފަނޑިޔާރުންނާއެކު މަސައްކަތްކުރެވޭކަމަށް ހިސާން ވިދާޅުވިއެވެ.

މިވަގުތު ހުރި ބެކްލޮގް ކޭސްތައް ކްލިއަރ ނުކޮށް ޖިނާއީ އިޖުރާއަތް ތަސައްވަރުކުރާ ގާނޫނީ ނިޒާމަށް ނުދެވޭނެކަމަށް ހިސާން ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތްކުރަމުންދާ އުސޫލަށް ބަދަލުގެނެސް ބްލޮކްކޮށް ޝަރީއަތްތައް ގެންދަން ރޭވިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

“ބެކްލޮގް ކޭސްތަކުގެ ގޮތުގައި 1182 މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތް” ހިސާން

ޖިނާއީ މައްސަލަތަކުގައި ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް 10 އަޑުއެހުން ބާއްވަންޖެހޭއިރު މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ހިސާން ހުށައެޅުއްވީ ދުވާލަކަށް މަދުވެގެން 5 އަޑުއެހުން ޝެޑިޔުލްކުރުމަށެވެ. މަސައްކަތް ކުރާ އުސޫލަށް ބަދަލުގެނެސް މުވައްޒަފުން އިތުރު ކޮށްފިނަމަ އަޑުއެހުންތައް އިތުރުކުރުމުގެ ފުރުސަތު އެބައޮތްކަމަށް ހިސާން ވިދާޅުވިއެވެ.  އެގޮތުން ހިސާން ހުށައެޅުއްވީ ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ކުރާ މަސައްކަތުގެ އިތުރުން މެންދުރު 2:00 އިން 5:00އަށް އެއް އަހަރު ވަންދެން އިތުރުގަޑީގައި މަސައްކަތް ކުރުމަށެވެ. އަދި މިމަސައްކަތް ކޯޓު މުވައްޒަފުންގެ ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންވެސް ކުރަންޖެހޭނެ ކަމަށާއި ޕީޖީއިންވެސް އެކަމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވިއެވެ. އަހަރު ދުވަހަށްވުރެ މިމަސައްކަތް މުވައްޒަފުން ލައްވާ ނުކުރެވޭނެކަން ފާހަގަކުރައްވާ ބެކްލޮގް ކްލިއަރ ކުރުމަށް ކުރާ މަސައްކަތަށް އޯވަރ ޓައިމް ފައިސާގެ އިތުރުން ޚާއްސަ އެލަވަންސްއެއް ދިނުމަށްވެސް ހިސާން ހުށައެޅުއްވިއެވެ. މިކަމަށް ގާތްގަނޑަކަށް ހޭދަވާނީ އިތުރަށް 3.3 މިލިއަން ރުފިޔާކަމަށް ހިސާން ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ދެން އޮތް ގޮތަކީ ދާއިމީ ފަނޑިޔާރުން ކްރިމިނަލް ކޯޓަށް އިތުރުކުރުންކަމަށް ހިސާން ވިދާޅުވިއެވެ. އެހެންނަމަވެސް ފަނޑިޔާރުން އިތުރުކުރާނަމަ އަހަރަކަށް 5.2 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ.

މިވަގުތު ކްރިމިނަލް ކޯޓުގައި ހުރި ބެކްލޮގް ކޭސްތައް ސާފުވުމުން ގާޒީއަކަށް އަހަރަކަށް ބަލަންޖެހޭނީ 75 މައްސަލަކަމަށް ހިސާން ވިދާޅުވިއެވެ. އެއީ މެނޭޖްކުރެވޭނެ އަދަދެއްކަމަށް ފަނޑިޔާރުންވެސް އެއްބަސްވެލައްވާކަމަށް ހިސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: