ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ޅ .އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެތަނުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާ މަރުކަޒުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތަޢުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަޞީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ވަނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި ހިންނަވަރު ޞިއްޙީ މަރިކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލެއްވުމުގެ އިތުރުން ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: