ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މާރިޔާ ދުބާއީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅަކީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “ޔޫމެކްސް އެންޑް ސިމްޓެކްސް 2022” ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

“ޔޫމެކްސް އެންޑް ސިމްޓެކްސް 2022” ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ޝެއިޚް މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: