ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުމެއްކަމަށް ބުނެ، ހުޅުމާލެ ކޯޓު އުވާލަން ނިންމިކަމަށް އޮތް އިބާރާތް “މަޝްވަރާ” އަށް!

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ކޯޓު އުވާލުމަށް ނިންމާފައިވާކަމަށް ބުނެ ނެރުނު ބަޔާނަަށް ބަދަލު ގެނެސް، މިހާރު ކުރިޔަށް ދަނީ އެ ކޯޓު އުވާލުމުގެ މަޝްވަރާތައްކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

2012 ގައި ހުޅުމާލޭގެ ކޯޓަކީ ސައްހަ ކޯޓެއްކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކުރުމަށް ޖޭއެސްސީން އަލުން އެ ކޯޓަށް ހުށެހެޅި ނަމަވެސް މައްސަލައިގައި ނިންމީ އެ ހުކުމް އަލުން ރިވިއު ނުކުރުމަށެވެ. މި މަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުން އެގޮތަށް ނިންމިި ނަމަވެސް އާދީއްތަ ދުވަހު ބަޔާނެއް އާއްމުކޮށް އެ ކޮމިޝަނުން ބުނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމް ބިނާކޮށްފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަމަށެވެ.

އެހެންވެ އެކަން މުރާޖައާ ކުރުމަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން 8 ފެބްރުއަރީގައި ނިންމަވާފައި ވަނީ 2012 ވަނަ އަހަރު އެ ކޯޓުން ކުރި ހުކުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖައާކޮށްދެވެން ނެތް ކަމަށެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސުޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި “މާލެ” މާނަކޮށްފައި ވަނީ ވިލިމާލެއާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށްކަމަށްވާއިރު ހުޅުމާލެއާއި ވިލިމާލެއަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫންކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމުކޮށް، އަދިހަމަ މާލޭގެ އަވަށް އަވަށުގައި މެޖިސްޓްރޭޓު ކޯޓުތައް ގާއިމު ކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ޖޭއެސްސީގެ ބަޔާނުގައި ވަނީ މިއީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމުގައެވެ.

އެހެންވެ އެ ކޯޓު އުވާލުމަށް ނިންމާކަމަށް ބުނެ ބަޔާން ނިންމާލާފައި ވެއެވެ. ނަމަވެސް މިހާރު އެ ލިޔުމަށް އިސްލާހުތަކެއް ގެނެސްފައިވާއިރު އޭގައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާމެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. 

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމާފައިވާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާމެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް މި ދަނީ ކުރަމުންނެވެ” ޖޭއެސްސީ

މި ބަދަލު ގެނެސްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ޖޭއެސްސީން ޖަދަލުކޮށްފައިވާކަމަށް ބުނެ ބައެއް މީހުން އެކަމަށް ފާޑުކިޔާފައި ވަނިކޮށެވެ.  މީޑިއާތަކުން ހަބަރު ކަވަރު ކުރުމާއި އެކު އަމާޒުވި ފާޑުކިއުންތަކަށް ޖޭއެސްސީގައި ވެސް ހުންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، ވިދާޅުވީ ހުޅުމާލެ ކޯޓު އުވާލަން ގާނޫނު އިސްލާހުކުރާނެ ކަމަށެވެ.

ހުޅުމާލޭ ކޯޓު ސައްހަ ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެ ކޯޓުގައި ދައުވާކޮށްފައި ވަނިކޮށެވެ. އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފުގެ ރައުޔުގައި ވަނީ ހުޅުމާލޭގެ ކޯޓު ސައްހަ ނޫން ކަމަށެވެ. ނަމަވެސް އަނެއް ހަތަރު ފަނޑިޔާރުން އިއްތިފާގު ވީ ހުޅުމާލޭގެ ކޯޓު ސައްހަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: