ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާ ބޯއިކޮޓްކުރާނަމަ އެހެން ޕާޓީތަކުގެ ހިޔާލެއް ނުލިބޭނެ: ދޮންބިލެތް

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު އެހެން ޕާޓީތަކުގެ ހިޔާލު ބޭނުންވާކަމަށާއި އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުން މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކުރާނަމަ އެކަން ނުވާނެކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާދަމް ހަލީމް ވަނީ އިދިކޮޅުން މިހާރު ގެންގުޅެމުންދާ ސިޔާސަތުތަކަށާއި ވެރިކަމުގައި އޮތްއިރު އިދިކޮޅުން ހިންގާފައިވާ ބައެއް އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މެމްބަރުގެ ވާހަކަފުޅުގައި އިދިކޮޅުގެ ފަރާތުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް އިސްލާހު ހުށައަޅުއްވާފައިވަަނީ އެއްވެސް އިހްލާސްތެރި ނިޔަތެއް ނެތި ސިޔާސީ މަގްސަދެއްގައެވެ.

މެމްބަރު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނައިރު އިދިކޮޅު މެމްބަރު ހިޔާލުފުޅު ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން ޖަލްސާ ބޯއިކޮޓްކުރުމަކީ އެކަމަށް އެޅޭ ހުރަހެއްކަމަށް ވިދާޅުވިއެވެ.

“ރިޔާސީ ބަޔާން އިއްވި ދުވަހުވެސް އެއްވެސް ކަމަކުން ކަމަކާއި ނުލާ ޖަލްސާ ބޯއިކޮޓްކުރީ” ދޮންބިލެތް

މެމްބަރު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނައުން ފަދަ ކަންކަން ކުރުމަށް ވަގުތެއް އަންނާނެ ކަމަށެވެ. އަދި މިހާރު ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކާއި މެދު މަޝްވަރާކޮށް އަންނަ އޮގަސްޓް މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި އެކަމުގެ ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ. އަދި ގެންނަން ޖެހޭ އިސްލާހުތައް އެކީ އެކައްޗަކަށް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އެހެން ޕާޓީތަކާއި މަޝްވަރާކޮށް މިދައުރު ނިމެންވާއިރު ގާނޫނު އަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ގެންނާނެކަމަށާއި އޭގެ ތެރޭގައި ޖޭއެސްސީ އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

އިދިކޮޅުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ މެމްބަރު ހަލީމް ވިދާޅުވީ އިދިކޮޅުން ކުރިއަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިނަކީ ސަރުކާރުން ޑްރަގްގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތާއި ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށެވެ. އިންޑިޔާއާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލައި މޮނިޓަރކުރަމުންދާކަމަށް ސަރުކާރުން ބުނަމުންދާއިރު އިދިކޮޅުން އަންނަނީ އެއީ ރާއްޖޭގެ މިނިވަންކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި ފާހަގަކޮށް އެކަމާއި ދެކޮޅަށް ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: