ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންޓާ އެއަރލައިންގެ ދަތުރުތައް ރާއްޖޭގެ ދެކުނަށް

މަންޓާ އެއާގެ ފްލައިޓުތައް ރާއްޖޭގެ ދެކުނަށް ފަށަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަންޓާ އެއަރލައިންގެ ފަރާތުން ރާއްޖޭގެ ދެކުނަށް ދަތުރުތައް ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އެކުންފުނީގެ ފަރާތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަންޓާ އެއަރގެ ޝެޑިއުލް ދަތުރުތަށް މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އަށް ފަށާނެ ކަމަށެވެ. މީގެ އިތުރުން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އިން އައްޑޫސިޓީގެ ގަމަށް ސްރީލަންކަން އެއަރލައިންގައި ދަތުރުކުރާ ފަރާތްތަކަށް މަންޓާ އެއާ މެދުވެރިކޮށް ޓްރާންސިޝަން ފްލައިޓެއްގައި ހުވަދޫ އަށް ދަތުރުކުރެވޭ ގޮތް ވެސް މަންޓާއިން ވަނީ ފަހިކޮށްދީފައެވެ.

އައްޑޫ ސިޓީއިން ހުވަދޫ އަށް ދަތުރުކުރާ ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކު ގއ ކޫއްޑޫއިން އައްޑޫ ސިޓީއާއި ދެމެދުގަ އެވެ.

އައްޑޫ ސިޓީ އަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު ކޮމްޕަޓް ކްލާހުގައި ކޮޅަކަށް 1250 ރުފިޔާ އަށް ހުރިއިރު ސެފަޔާ ކްލާހުން ޓިކެޓެއްގެ އެއްކޮޅު އަގަކީ 1850 ރުފިޔާއެވެ.

މަންޓާގެ ދެކުނަށް ދަތުރު ކުރާ ފްލައިޓު ދަތުރުކުރާނީ މާލެ-ކޫއްޑޫ-ގަން-ކޫއްޑޫ-މާލެ އަށެވެ. މިދަތުރުތަކުގެ ސަބަބުން އައްޑޫއިން ހުވަދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ އިތުރުން އައްޑޫ މަގުން ލަންކާއަށް ދަތުރުކުރަން ބޭނުންވާ ހުވަދޫ މީހުންނަށް ވެސް އެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭސްޓްރެވެލްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިއީ ޓޫރިޒަމާއި އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެއް ކަމުގައެވެ.

މަންޓާ އެެއާރ އަކީ ޒަމާނީ ވަސީލަތްތައް ބޭނުން ކުރާ ކުންފުންޏެއްކަން ފާހަގަކުރައްވައި ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި ގޮތުގައި ޓިކެޓް ބުކް ކުރުމަށް މަންޓާއަށް ގުޅައިގެން ފޯނުގައި ހުންނަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި އޮންލައިންކޮށް އެހިދުމަތް ލިބޭނެ ކަމުގައި ސީއީއޯ ވިދާޅުވިއެވެ.

މަންޓާ އެއަރލައިނުން ބޭނުންކުރާ ފްލައިޓުތަކަކީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓުކަންވެސް ފާހަގަކޮށްލެވެއެވެ. މި ބޯޓް ތަކަކީ ޖާގައިގެެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގައި ފަރުމާކުރެވިފައިވާ ބޮޑެތި ބޯޓްތަކެކެވެ.

ސްރީލަންކަން އެއަރ ލައިންގެ ޑައިރެކްޓް ފްލައިޓްތައް ރާއްޖެ އާއި ކޮލޮމްބޯ އާއި ދެމެދު މިހާރުވެސް އަންނަނީ ކުރެވެމުންކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: