ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ބޭނުންވާ ތަފާތު ދެނެގަނެވިއްޖެ: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމަކީ ސަރުކާރުގެ އިސްކަންދޭ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އޮންނަތާ 11 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.

އިމްރާން ވިދާޅުވީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ވަނީ މި ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި މީގެ އިތުރުން ރަށު ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމަށް ގެންނައް ޖެހޭ މުހިއްމު ބަދަލުތައް ގެނެވިފައިވާ ކަމަށެވެ.

މި ނިޒާމްގެ ދަށުން ރާއްޖެ ހިންގުމަށް ބޭނުންވާ ތަފާތުތައް ދެނެގަނެ ގާނޫނަށް ވެސް ރާއްޖެ ހިންގުމަށް ބޭނުންވާ ބަދަލު ގެނެވުނުކަން އިމްރާން ފާހަގަ ކުރެއްވި އެވެ. މި ބަދަލުތަކުގެ ސަބަބުން ބިންތައް ތަސައްރަފު ކުރުމަށް ކައުންސިލްތަކައް ލިބިގެންދިޔަ ކަމުގައި މިނިސްޓާ އިމްރާން ވިދާޅުވިއެވެ. އަދި ދައުލަތައް ވާ ފައިދާގެ ވަކި މިންވަރެއް ވަނީ ކައުސިލްތަކަށް ބޭނުންވާ ހަރަދުތައް ކުރުމަށް ހިލޭ އެހީގެ ގޮތުގައި ޖައްސާފައިކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ކައުސިލްތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ވިޔަފާރި ކުރެވޭނޭ ގާނޫނީ ފުރުސަތުވެސް ވަނީ ހުޅުވާލަފައިކަމަށެވެ.

ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުން އިތުރަށް ބާރުވެރި ކުރުވާފައިވާކަމަށާއި ކައުންސިލް ތަކުގެ 33 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާކަން ފާހަގަކޮށް އިމްރާން ވިދާޅުވީ މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކުރީ ދައުރާއި ހިލާފަށް އެތައް އަންހެނުންތަކެއް ކައުސިލް މެމްބަރުކަމަށް ކުރުމަތިލައި، ދާއިރާތަކަށް އިންތިހާބުވުން ކަމަށެވެ.

އިމްރާން ވަނީ  ކައުސިލްތަކުގެ ހިދުމަތް ފަސޭހައިން ލިއްބައިދިނުމައްޓަކައި “މައި ކައުންސިލް” ގެ ނަމުގައި މޯބައިލް އެޕް އެއް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: