ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި މަޖިލިސް ލިބިގެންވެސް މިފަހަރު ލިބުނީ ދުވަހަކު ވެސް ނުލިބޭ ވަރުގެ ބޮޑު ލަނޑެއް: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު ކަންބޮޑުވުމަކީ ހަގީގަތް ގަބޫލު ނުކޮށް ވަމުންދާ ކަންތައް ނުވާކަމެއްގެ ގޮތުގައި ކަމުގައި އަމިއްލަ ނަފްސަަށް ދޮގު ހެދުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކެންޑިޑޭޓު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށައެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ތެރޭގައި ޕާޓީގެ އާންމު މެމްބަރުންނާއި މެދު ފުޅާ ދާއިރާއެއްގައި ނާއިންސާފު ވަމުންދާ ކަމުގައެވެ. އެކަން ރަށްރަށަށް ކުރާ ދަތުރުތަކުންނާއި ކުރާ ފޯން ކޯލްތަކުން އެނގިގެންދާ ކަމަށް އިންތި ވިދާޅުވި އެވެ.

އެގޮތުން އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި ވަކި ބޭފުޅަކަށް ތާއީދު ކުރުމަށް މަޖުބޫރު ކުރުމާއި އެކަމަށް އިންޒާރު ދިނުމާއި ބިރުދެއްކުން ޕާޓީ ތެރޭގައި އާންމުވެފައިވާކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އިންތި ނިސްބަތްވާ ދާއިރާ މާފަންނު އުތުރަކީ ކޮންމެ އިންތިހާބެއްގައި އެމްޑީޕީއަށް މާލެއިން އެންމެ ބޮޑު ތާއީދެއް ހޯދައިދޭ ދާއިރާއަކަށްވީ ނަމަވެސް އެދާއިރާގެ އެމްޑީޕީ މެމްބަރަކަށް އެއްވެސް ވަޒީފާއެއް މިހާތަނަށް ލިބިފައި ނުވާކަމަކީ ބޮޑު ނާއިންސާފެއް ކަމުގައި އިންތި ވިދާޅުވިއެވެ. ތަފާތުކުރުމަކީ އެމްޑީޕީން ގާއިމް ކުރަން ބޭނުންވާ ހެޔޮ ވެރިކަން ނޫން ކަމަށާއި އެމްޑީޕީން ގާއިމްކުރަން ބޭނުންވާ ވެރިކަމުގެ ނިޒާމަކީ ހަމަހަމަކަން ކަމުގައި އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާ ނުދޭކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާ ދެކޮޅަށް ކެމްޕޭންގައި އުޅުނު އިދިކޮޅު ފަރާތްތައް އެމްޑީޕީ މެމްބަރުންގެ މައްޗަށް އިސްކޮށްފައިވާ ކަމަށާއި އެކަން ކުރަނީ ގާބިލްކަން ނެތިގެން ނޫންކަމަށެވެ.

އެކަން އެގޮތަށް ކުރަނީ ކޮން މަގްސަދެއްގައި ކަން ނޭނގޭ ކަމަށާއި ނަމަވެސް އެއީ އެމްޑީޕީ މެމްބަރުން ބަލިކަށި ކޮށްލުމަށް ފަހު އައު އިތުރު ބަޔަކަށް ފުރުސަތުދީ ކުރިހޯދުމަށް ކުރާ ކަމެއްގެ ގޮތުގައިވެދާނެ ކަމުގައި އިންތި ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިގެންދިޔަ ގޮތާއި މެދު ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މާލެ ސިޓީ ކައުންސިލް ގެއްލިގެން ދިޔަ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ހިޔާނަތުގެ މައްސަލަތަކުގައި އެމްޑީޕީން އިހްމާލުވެފައިވާ ކަން ހިމެނޭ ކަމަށެވެ.  އެކަމަކީ ލަދުވެތި ކަމެއްގެ ގޮތުގައި އިންތި ސިފަކުރެއްވިއެވެ.

އެމްޑީޕީ އަށް ސަރުކާރާއި މަޖިލިސް ލިބިގެންވެސް މިފަހަރު ލިބިފައިވަނީ ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު ލަނޑެއް ކަމުގައި އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ މިއަދުގެ ހާލަތު ދިމާވެފައިވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށާއި އެކަން ކުށްވެރިކުރާ ކަމުގައިވެސް އިންތި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: