ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ކެމްޕޭންގައި ކުރަމުންދާ މަސައްކަތަކީ ސީދާ މީހާ އާއި ބައްދަލު ކުރުން: ވައްޑޭ

އިންތިގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭންގައި ކުރަމުންދާ މަސައްކަތަކީ ސީދާ މީހާ އާއި ބައްދަލު ކުރުންކަމަށް އިންތިހާބުގައި އިންތިގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އިންތިގެ ކެމްޕެއިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑޭ ވިދާޅުވީީ، ޓީމުން ކުރަމުންދާ މަސައްކަތުގެ ދަށުން މިރޭ ކެމްޕެއިން ޖަގަހައެއް ވެސް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުން މިރޭ ހ. ފޭރުމާދޭގޭގައި މިރޭ 8:45 ގައި އޮންނާނެ ކަމަށާއި އިންތިގެ ސަޕޯޓަރުންނާއި ކެމްޕޭންގައި އަމަލީ ގޮތުން މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ބޭފުޅުންނަށް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތުއަރުވާ ކަމުގައެވެ.

މީގެ އިތުރުން މި މާޗް މަހުގެ 3 އިން 6 އަށް އައްޑޫ ސިޓީގައި ކެމްޕޭން ޓީމުގެ ފަރާތުން ދަތުރު ކުުރުމަށް ހަމަޖެހިފައިވާ ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ކެމްޕޭން ދަތުރުގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ހިނގުމާއެކު އައްޑޫގެ ކެމްޕޭން ޓީމުތަކާއި ބައްދަލުކޮށް ކެމްޕޭން އޮނިގަނޑު އެކުލަވާލުން ހިމެނޭ ކަމުގައިވެސް ވައްޑެ މައުލޫމާތު ދެއްވިއެވެ.

އައްޑޫ ސިޓީގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުންތައް ބޭއްވުމާއި ކެމްޕޭނާއި ގުޅުން ހުރި ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ކުރިއަށް މިދަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި އިންތިހާބުގައި ވޯޓް ދޭނީ އެމްޑީޕީގެ މެމްބަރުން ކަމަށާއި އަމާޒަކީ މެމްބަރުންގެ ވޯޓް ހޯދުންކަމަށާއި އެއީ އެމްޑީޕީން އިންތިހާބު ތަކުގައި އަބަދުވެސް ކަން ކުރަމުން އަންނަ ގޮތް ކަމަށެވެ. އެގޮތުން ކެމްޕޭންގައި ކުރަމުންދާ މަސައްކަތަކީ ސީދާ މީހާ އާއި ބައްދަލު ކުރުން ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ އަށް އިންތިގެ ކެމްޕޭން ޓީމުގެ ފަރާތުން ކުރި ދަތުރުގައި އެރަށުގެ އެމްޑީޕީ މެމްބަރުންގެ ދުލުކުރީގައި އޮތީ އިންތިގެ ނަން ކަމަށާއި އެރަށުގައި ކެމްޕޭންޓީމް ތައް ރުކުރުވާލެވިފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުގައި އެމްޑީޕީގެ ސަތޭކައަށް ވުރެ ގިނަ މެމްބަރުންނާއި އެކު އިންތިގެ ކެމްޕޭން ކުރިއަށްދާކަމުގައި ވައްޑެ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިހާރު މަސައްކަތް ކުރަމުންގެންދަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކެމްޕޭންޓިމްތައް އެކުލަވާލާ ފޯރިގަދަ ކެމްޕޭނެއް ކޮށް އިންތިހާބު ކާމިޔާބު ކުރުން ކަމުގައި ވައްޑެ ވިދާޅުވިއެވެ.

އިންތިހާބާއި ގުޅިގެން ސަރުކާރުން ނުފޫޒުގެ ބޭނުން ކުރާ ކަމުގެ ތުހުމަތު އިންތިގެ ކެމްޕޭން ޓީމްގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އެގޮތުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލައެއްގޮތުގައި އެމްޑީޕީގެ އާންމު މެމްބަރެއް ކަމަށްވާ ރ. ދުވާފަރު ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ މަގާމުގައި ހުރި އާމިރު ވަޒީފާއިން ވަކި ކުރި މައްސަލަ ހުށައަޅައި ބަހުސްގެ މަރުހަލާގައި މެމްބަރުން ވަނީ އެމްޑީޕީ ތެރޭގައި ވަޒީފާގެ ބިރުދެއްކުން އާންމުވެފައިވާ ކަމަށާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިދޭ ބާރުގެ ބޭނުން ގާނޫނު އަސާސީގައި ވާ ގޮތުގެ މަތިން ބޭނުން ކުރުމަށް ގޮވާލެއްވިއެވެ.

އެކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ އެމްޑީޕީ އަކީ ތިރިން މައްޗަށް ބާރުތައް ފެށިގެން އަންނަ ޕާޓީއެއް ކަމަށާއި އަދި ރައްޔިތުން ހޮއްވަވާފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމުގައި ހުންނަވައިގެން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ވަޒީފާއަށް ލުމާއި ވަކި ކުރުމުގައި ގާނޫނު އަސާސީ އިން ބަޔާންކުރާ ހަމަތަކުގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ތަފާތު ނުކުރުމާއި ހަމަހަމަކަމަށް ފެތެންވާނެ ކަމަަށެވެ.

އިންތިހާބު އޮންނަ ދުވަހާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވައްޑެ ވިދާޅުވީ އިމްތިޔާޒް ފަހުމީ ކެމްޕޭންޓީމްގެ ފަރާތުން އިންތިހާބު ލަސްކުރުމަށް އެއްވެސް ވަރަކަށް ޖާގަ ނުދޭނެކަމަށެވެ. އޭގެ އިތުރުން އިންތިހާބު ގަޑުބަޑު ކުރުމާއި އިންތިހާބުގައި މަކަރާއި ހީލަތް ހެދުމަށް ފުރުސަތު ނުދޭނެ ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އާންމު މެމްބަރުންނަށް ރޯދަމަހު ވޯޓް ލާން ނުވަތަ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރި ވުމަށް އުނދަގޫވާނަމަ ރޯދަމަހުގެ ކުރިއަށް އިންތިހާބު އަވަސް ކުރުމަށް ޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީއާ މަޝްވަރާ ކުރާނެ ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ. ހަމަ އެއާއެކު އިންތިހާބު ލަސްނުކުރެވޭނެ ކަމުގައި ވައްޑެ ތަކުރާރުކޮށްވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫެރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކު ވަޒީފާއިން ވަކި ކުރުމަށް އާންމު މެމްބަރުންގެ ޕެޓިޝަނަކުން ވަކި ކުރުމަކީ  ވަކި ބޭފުޅަކަށް ތާއީދު ކުރާތީ ސީދާ އެތެރޭގެ އިންތިހާބާއި ގުޅިގެން އައި ސިޔާސީ ނިންމެވުމެއް ކަމަށާއި ނަމަވެސް އެކަން ކުރައްވަން ވާނީ އެކަން ކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ދަށުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: